Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

މުދަލު ޒަކާތަށް 91.53 މިލިއަން ރުފިޔާ

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް މިދިޔަ އަހަރު 91.53 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުތެރޭ މުދަލު ޒަކާތުގެ ގޮތުގައި 91.53 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެހާސް އެކާވީސްއ ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލބުނީ 91.51 މިލިއަން ރުފިޔާ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު މަހު މުދަލު ޒަކާތު ވާޖިބުވާ ނިޞާބަށް ބަދަލުތަކެއް ވެސް ގެނަ އެވެ. އެގޮތުން އެންމެ ފަހުން ސެޕްޓެމްބަރު ގެނައި ބަދަލާ އެކީ މުދަލު ޒަކާތް ވާޖިބުވާ ނިސަބަކީ 5،777.45ރ އެވެ. އޭގެ ކުރީން ޖޫން މަހު ކަނޑައެޅި ނިސާބަކީ 63،96.25ރ. އެވެ.

ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބު ބަލަނީ ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުން ދެ އެވެ. ނިޞާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރި ނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 ޕަސެންޓް މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ވާޖިބެކެވެ.