Last Updated: April 20, 10:35
Saturday, April 20, 2024
ޚަބަރު

ރަސްފަރި ފަރަށް ލިބުނު ގެއްލުން އިޔާދަކުރަނީ

ދެހާސް އެކާވީހުގައި ކ. ރަސްފަރި ފަރަށް އާގު ބޯޓެއް އުރި ލިބުނު ގެއްލުންތައް އިޔާދަކޮށް ދޭނެ ބަޔަކު ހޯދަން ކުއެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ މި މަސައްކަތްކޮށް ޝައުގުވެރިބާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާއި އެންޖީއޯތަކުން މި މަހުގެ 26 އާ އަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އީޕީއޭ އިން ބުނީ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފަށަން ބޭނުންވ ކަމަށެވެ.

އޮގަސްޓް 19، 2021 ގައި ރަސްފަރި ފަރަށް އެރީ ޕެނަމާގެ "އެމްވީ ނަވިއޯސް އަމަރިލިސް" ކިޔާ ބޯޓެކެވެ. އެ ބޯޓު އެރަށު ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ފުރައިގެން ދެކުނު އެފްރިކާއަށް ދަތުރުކުރަމުން ދަނިކޮށެވެ. އޭރު ބޯޓްގައި 19 މީހުން ތިއްބެވެ. ބޯޓް ފަރަށް އަރައި ބީހުނީ އޭގެ އިންޖީނު ހޫނުވެގެން ނިންވާލާފައި އޮއްވާ އޮޔާ ގޮހެވެ.

ބޯޓު ފަރަށް އެރިނަމަވެސް އެކަން ބޯޓުން ކަމާ ބެހޭ ފަރާތްތަކަށް ނާންގަ އެވެ. އަދި އެކަން އެނގުނީ އެ ބޯޓު އެތަނުގައި އޮއްވާ ފެނިގެން އާއްމުންގެ ބަޔަކު ރިޕޯޓްކުރުމުންނެވެ. ބޯޓު ފަރަށް އެރުމުން ފަރުގެ 8.86 އަކަ މީޓަރުގެ ސަރަހަދެއް ހަލާކުވި އެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމުން އެ ވަނީ ދައްކައިފަ އެވެ.

ރަސްފަރި ފަރަށް ލިބުނު ގެއްލުން އިޔާދަކޮށް ދޭނެ ބަޔަކު ހޯދަން ހުޅުވާލި އިރު މިކަމަށް ހިނގާ ހުރިހާ ޚަރަދެއް ދެނީ ފަރަށް އެރި ބޯޓުންނެވެ. ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން ކުރަން ހަމަޖެހިފައިވާ ކަންކަމަކީ ހަލާކުވެފައިވާ މުރަކަތައް ދެނެގަތުމާއި ނާސަރީ ހެދުމާއި ނާސަރީތައް ބަލަހައްޓާ އެތަން ތަން މޮނީޓަކުރުމާއި ނާސަރީގައި އާލާކުރާ މުރަކަތައް ރަސްފަރި ފަރުގައި އިންދުމާއި އިންދާ މުރަކަތައް އާލާވާގޮތް ދުވަހުން ދުވަހަށް ބެލުމާއި ދަތުރުފަތުރާ ލޮޖިސްޓިކް ކަންކަން ބެލެހެއްޓުމުގެ އިތުރަށް މަސައްކަތައް މެނޭޖްކޫރުމާއި ޕްރޮފެޝަނަލް އެހީތެރިކަން ދިނުމެވެ.

ރަސްފަރި ފަރަކީ 1995 ގައި ހިމާޔަތްކޮށްފައިވާ ފަރެކެވެ.