Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ފުލުސް ކޯހުގެ މޮޅު ދަރިވަރަކަށް މިސްދާދް

34 ވަނަ ފުލުހުން އަސާސީ ތަމްރީން ކޯހުގެ އެއްވަނަ މިސްދާދް / ފޮޓޯ: އައްޑޫލައިވް

ފުލުހުންގެ އަސާސީ ތަމްރީން ހާސިލްކުރި އެންމެ ބޮޑު ބެޗުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބްލް މުހައްމަދު މިސްދާދް މީޝާޤް ހޮވިއްޖެއެވެ.

ފުލުހުންގެ އަސާސީ ތަމްރީން ނިންމައި ދަރިވަރުންގެ ދަސްވެނިވިވުމުގެ ހިނގާލުން ވަނީ ބާއްވާފައެވެ. ތިރީސް ހަތަރުވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގް ކޯހުގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލް ޖުމުހޫއްރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއެވެ. އައްޑޫގައި ޤާއިމް ކުރެވިފައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓްގައި ރޭ ބޭއްވި ރަސްމީއްޔާތުގައި ދަސްވެނިވި ދަރިވަރުންގެ ހިނގާލުން ރައީސް ވަނީ ބައްލަވާލައްވާފައެވެ.

34 ވަނަ ފުލުހުން އަސާސީ ތަމްރީން ކޯހުގެ ނިންމުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް

ޖުމްލަ 164 ދަރިވަރުން މި ކޯސް ފުރިހަމަ ކުރިއިރު، މިއީ ދިވެހި ފުލުހުންގެ ތާރީޙްގައިވެސް އެންމެ ގިނަ އަދަދެއްގެ ދަރިވަރުން އެއް ފަހަރާއި ދަސްވެނިވި ފަހަރު ކަމަށް ފުލުހުން ބުނެއެވެ. މި ރަސްމީއްޔާތުގައި މި ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް އަދި ޑިއުޓީ ބެޓަން ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ކޯހުގެ އެންމެ ރަނގަޅު ސްކޮޑް އަދި ސްކޮޑްތަކުގެ ތެރެއިން އެންމެ ކޮންމެ ސްކޮޑަކުން އެންމެ ރަނގަޅު ދަރިވަރު ވަނީ ހޮވާފައެވެ. މިއާއެކު އެތެރޭގައި ކިޔަވައި ދޭ މާއްދާތަކާއި އަދި ބޭރުގައި ކިޔަވައިދިން މާއްދާތަކުން އެންމެ ރަނގަޅު ދަރިވަރުން ވަނީ ހޮވާފައެވެ.

34 ވަނަ ފުލުހުން އަސާސީ ތަމްރީން ކޯހުގެ ނިންމުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް

މިކޯހުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް މުހައްމަދު މިސްދާދް މީޝާޤް ވަނީ ހޮވިފައެވެ. މިއާއެކު އޭނާވަނީ ކޮމިޝަނާސް އެކްސެލެންސް އެވޯޑު ހާސިލްކޮށްފައެވެ. މި އެވޯޑު އޭނާއަށް ހާވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. މީގެ އިތުރުން "ރަންވިއްކާ" ސްކޮޑްގެ އެންމެ ރަނގަޅު ދަރިވަރުގެ މަޤާމުވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ.

މީގެ އިތުރުން އެންމެ ރަނގަޅު ސްކޮޑުގެ ގޮތުގައި ހޮވުނު "ރަންވިއްކާ" ސްކޮޑަށް ޝީލްޑްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ހަވާލުކޮށްދެއްވާފައެވެ.

34 ވަނަ ފުލުހުން އަސާސީ ތަމްރީން ކޯހުގެ ނިންމުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް

މިރަސްމީއްޔާތުގެ ފުލުހުންގެ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރ، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ކޮލެޖާއި އެކު ފުލުހުންގެ ތަމްރީން ދިނުމުގެ އަވަސް މިން 3 ގުނަ އިތުރުވެފައިވާ ކަމަށެވެ. އަދި ކޮލެޖަކީ މިހާރު އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕޮލިސް އެކަޑަމީސްގެ ފަޙުރުވެރި މެންބަރެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކޯސް ނިންމި ހުރިހާ ދަރިވަރުންނަކީވެސް ފުލުހުންގެ އެކި ދާއިރާތަކުން ޑިޕްލޮމާ ފެންވަރަށް ކިޔަވަން ފެންޓޭވަރަށް ފާސްވެފައިވާ ދަރިވަރުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ކޯހުގެ 19 ދަރިވަރަކުވަނީ ފުލުހުންގެ ތަމްރީނު ދިނުމުގެ ޤަވާއިދުގައިވާ ފަންނު އިތުރު ކުރުމުގެ ގިންތިއަށް ވާސިލްވެފައިވާ ކަމަށް ފުލުހުން ފާހަގަ ކުރެއެއެވެ.

34 ވަނަ ފުލުހުން އަސާސީ ތަމްރީން ކޯހުގެ ނިންމުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް

ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީން ކޯހުގައި 197 ދަރިވަރަކު ބައިވެރިވެފައިވެއެވެ. އެއީ 48 އަންހެން ދަރިވަރުންނާއި 149 ފިރިހެން ދަރިވަރުންނެވެ. މިކޯސް ކުރިއަށް ގެންގޮސްފައިވަނީ 7 އޯގަސްޓް 2022 އިން ފެށިގެން 13 ޖަނަވަރީ 2023 ގެ ނިޔަލަށެވެ.