ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅިގެން މި އަހަރު މުބާރާތްތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތި ހުޅުވާލައިފި އެވެ.
އެސޯސިއޭޝަނުން ބުނީ މި އަހަރަށް އެކުލަވާލި ކަލަންޑަރުގައި ހިމެނޭ ބައެއް ވަކިވަކި މުބާރާތްތައް އެސޯސިއޭޝަނާ ގުޅިގެން ބާއްވަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 15 އާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ އިތުރު މަޢުލޫމާތު 7910575 ނަންބަރުން ސާފުކުރެވޭނެ އެވެ.
ސީދާ ބެޑްމިންޓަން އެސޯސިއޭޝަނުން ބާއްވާ މުބާރާތްތަކުގެ އިތުރުން އެކި ސަރަހައްދުގެ ޔޫތު ސެންޓަރުތަކުން އެސޯސިއޭޝަނާ ގުޅިގެން ކޮންމެ އަހަރަކު ވެސް މުބާރާތްތައް ބާއްވަ އެވެ. އެގޮތުން މިހާރު ބެޑްމިންޓަންގައި ފޯރި ވަރަށް ބޮޑަށް އޮތް އައްޑޫގައި ބެޑްމިންޓަންގެ ތަފާތު މުބާރާތްތައް ބާއްވަ އެވެ.