Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ މި ސަރުކާރަށް

ރައްޔިތުން އެދޭ ތަރައްގީ ގެނެސް ދެވޭނީ މި ސަރުކާރަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މިއަދު ހއ.ކުމުންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި އެކި ސަރުކާރުތަކުން ކުމުންދޫއާ މެދު ކަންކޮށްފައި އޮތް ގޮތް ވަރަށް ސާފުކޮށް އޮތީ ފެންނަން ކަމަށާއި ނަމަވެސް އެ ދާއިރާ އަށް މިއަދު ރައްޔިތުން ބޭނުންވި ބަދަލު އަތުވެފައިވާ ކަމަށެވެ.

ރައްޔިތުން ބޭނުންވަނީ މިކަމާއިގެން ކުރިއަށް ދާންތޯ ނުވަތަ މަޑުޖެހިފައި ފަހަތަށް ދާންތޯ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ އިން އެނގިގެންދާނެ ކަމަށާއި މިކަމާ މެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނުމަށް ރައީސް ވަނީ ގޮވާލައްވާފަ އެވެ.

"ރައްޔިތުން ތި ބޭނުންވާ ބަދަލު، ތަރައްގީގެ ކުރިއެރުން ހަމަގައިމު ވެސް ގެނެސްދޭނީ މި ސަރުކާރު ދެމި އޮވެގެން. އަޅުގަނޑު މިހުރީ އެވީ ވައުދުތަކާ އެއްގޮތަށް އަދި ތިބޭފުޅުން ތި އެދިވަޑައިގަންނަވާ ކުރިއެރުން ގެނެސްދިނުމަށްޓަކާ ސަރުކާރެއް އެކުލަވާލައި އެއާ އެކީ ކުރިއަށް ދާން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުން ވާނީ ކަންކަން ވީހާ ވެސް އަވަހަކަށް ކުރަން ކަމަށާއި ނަމަވެސް ވޭތުވެދިޔަ ތަނުގައި ނުކޮށް ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ފަށައިގެން ކުރިއަށްދާއިރު ބައެއް ފަހަރު މަޑުޖެހުންތައް ހުންނާނެ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މަކުނުދޫ އަށް ވަޑައިގަންނަވާނީ މީގެކުރިން ވީ ވައުދުތަކުގެ އަމަލީ މަސައްކަތް ކުރާތަން ފެންނަން ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.