Last Updated: April 25, 17:59
Thursday, April 25, 2024
ޚަބަރު

ކޮވިޑް ވޭރިއަންޓް ޓެސްޓް މިހާރު ރާއްޖޭން

ކޮވިޑް ވޭރިއަންޓްތައް ދެެނެގަތުމުގެ ޓެސްޓް ރާއްޖޭގައި ވެސް ހަދަން ފަށައިފި އެވެ.

މިހާތަނަށް މި ބަލީގެ ވޭރިއަންޓްތައް ދެނެގަތުމަށް ރާއްޖޭން ޓެސްޓްތައް ހަދަމުން އައީ އިންޑިއާ އަށް ސާމްޕަލްތައް ފޮނުވައިގެންނެވެ.

ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ގޮފިން ބުނީ ކޯވިޑް ވޭރިއަންޓް ޓެސްޓްތައް ހަދާ ހިއުމަން ޖީން ސީކްއުންސް މެޝީނެއް ރާއްޖޭގައި ބަހައްޓައި މިހާރު ޓެސްޓްތައް ހަދަން ފަށާފައިވާ ކަމަށެވެ.

އެ މެޝިނަކީ ވެސް އެތަނުން ހަދިޔާކުރި އެއްޗެކެވެ. އަދި ޓެސްޓް ހަދަން ފަށާފައި ވަނީ އެކަމަށް ބޭނުންވާ މުވައްޒަފުން ވެސް ތަމްރީނުކުރުމަށް ފަހު އެވެ. މުވައްޒަފުން ތަމްރީނުކުރީ އިންޑިއާއިންނެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް 185،708 މީހަކަށް ކޮވިޑް ޖެހުނު އިރު، ގެ ބަލީގައި ރާއްޖޭން 311 މީހަކު މަރުވެފައިވެ އެވެ.