Last Updated: April 24, 21:16
Wednesday, April 24, 2024
ޚަބަރު

ވިލިމާލެ އަށް އިލެކްޓްރިކް ބަސް ގެންގޮސްފި

ވިލިމާލެ އަށް ބަހުގެ ހިދުމަތް ދޭން އެމްޓީސީސީން އިލެކްޓްރިކް ބަސްތަކެއް އެ އަވަށަށް ގެންގޮސްފި އެވެ.

އެ ކުންފުނިން ވިލިމާލެ އަށް ބަސް ދަތުރުގެ ހިދުމަތް ދޭން ނިންމީ މާލެ ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ދޭން އަލުން ދޭން ތައްޔާރީތައްވެފައި ވަނިކޮށެވެ. އެހެންވެ ކައުންސިލުން ވަނީ އެކަމަށް ފާޑު ވެސް ކިޔައިފަ އެވެ.

އެމްޓީސީސީ އަކީ މިހާރު އެ ކުންފުނީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ފުޅާކޮށް ބަހުގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.

އެ ކުންފުނިން ބުނީ ވިލިމާލޭގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ހަ ބަސް ކަމަށެވެ. މިއީ 15 މީހުންގެ ޖާގައިގެ ބަސްތަކެވެ.