އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ 80 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އަންނަ މަހު "އެނިވަސަރީ ރަން" ގެ ނަމުގައި ދުވުމެއް ބާއްވަން ނިންމައިފި އެވެ.
އާންމުކޮށް ހުޅުވާލައިގެން އަންނަ މަހުގެ 18 ގައި ބާއްވަން ހަމަޖެހިފައިވާ ދުވުމަށް މިހާރު ވަނީ ރަޖިސްޓްރޭޝަނަށް ވެސް ހުޅުވާލައިފަ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ އަންނަ މަހުގެ 1 އާ ހަމަައަށެވެ. މި ދުވުމުގައި ބައިވެރިވާން 150ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.
ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ބުނީ ދުވުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހަތަރު ކެޓަގަރީއަކަށެވެ. އެއީ 2،5، 10ކޭ އިތުރުން ކުޑަކުދިންނަށް ހާއްސަ ކިޑްސް ރަން އެވެ.
ގަން އެއާޕޯޓަކީ ރާއްޖޭގައި ހެދި ފުރަތަމަ އެއާޕޯޓެވެ. މި އެއާޕޯޓް ހެދީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން ގަމުގައި ތިބި ދުވަސްވަރު އެވެ.