Last Updated: April 26, 16:59
Friday, April 26, 2024
ކުޅިވަރު

ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކޮށްފި

ޓްރާންސްފާތަކާ ގުޅޭ މާލީ ހިސާބުތައް އޮޅުވާލާފައިވާ މައްސަލާގައި ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކޮށްފި އެވެ.

އިޓަލީގެ ފުޓްބޯޅަ އިދާރާ އިން މި އަދަބު ޔުވެންޓަސް އަށް ދީފައިވަނީ އެ ކްލަބުން 2019 އާއި 2021އާ ދެމެދު ހަދާފައިވާ ބައެއް ޓްރާންސްފާތަކާ ގުޅޭ މާލީ ހިސާބުތައް އޮޅުވާލާފައިވާ މައްސަލައިގަ އެވެ. މި މައްސަލަ ފެންމަތިވުމާ އެކު ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީ ހިމެނޭ ގޮތަށް އެ ކްލަބުގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން ވަނީ އިސްތިއުފާ ދީފަ އެވެ.

ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނި ކުރުމުން އެޓީމު މިހާރު ވަނީ އިޓާލިއަން ލީގުގެ 10 ވަނަ އަށް ވެއްޓިފަ އެވެ. މި އަދަބު ދިނުމުގެ ކުރިން ޔުވެންޓަސް އޮތީ ލީގުގެ ތިންވަނައިގަ އެވެ. ޔުވެންޓަސްގެ އިތުރުން އެ ކްލަބުގެ ކުރީގެ ބޯޑު މެމްބަރުންނަށް ވެސް ވަނީ އަދަބުތައް ދީފަ އެވެ.

ޔުވެންޓަސް އިން ވަނީ އެ ކްލަބުން ގޯހެއް ހަދާފައި ނުވާނެ ކަމަށާއި މި އަދަބު އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ.

މިިދިޔަ ސީޒަންގެ އިޓާލިއަން ލީގު ޔުވެންޓަސް ނިންމާލީ ހަތަރު ވަނައިގަ އެވެ. އަދި އެ ކްލަބަށް މިދިޔަ އަހަރު ވަނީ 254 މިލިއަން ޔޫރޯގެ ގެއްލުމެއްވެފަ އެވެ.