Last Updated: July 13, 13:48
Sunday, July 13, 2025
ޚަބަރު

މާފަރު އެއާޕޯޓުން ޖެޓް ފިއުލް ވިއްކަނީ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ޖެޓް ފިއުލް ވިއްކަން ނިންމައިފި އެވެ.

އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ބުނީ މާފަރު އެއާޕޯޓުން ޖެޓް ފިއުލް ވިއްކުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން އެކަމަށް ތައްޔާރުކުރި ވަސީލަތްތައް ޓެސްޓް ވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އައިއޭސް އިން ބުނީ މަސައްކަތް ކުރަނީ ރަސްމީކޮށް އަންނަ މަހުގެ ތެރޭގައި ޖެޓް ފިއުލް ވިއްކުމުގެ ހިދުމަތް ފެށުމަށް ކަމަށެވެ.

މާފަރު އެއާޕޯޓުން ޖެޓް ފިއުލް ވިއްކަން ތައްޔާރީތައް ވަމުން އަންނަ އިރު، މި އެއާޕޯޓަކީ ރާއްޖޭގެ އުތުރުގެ އިންޓަނޭޝަނަލް އެއާޕޯޓްތަކުގެ ތެރެއިން ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ޖައްސާ ތަނެކެވެ.