Last Updated: June 30, 20:43
Tuesday, July 1, 2025
ޚަބަރު

މޯލްޑިވިއަންގެ އާ ބޯޓް ފުރަތަމަ އައްޑު އަށް

ގައުމީ އެއާލައިން، މޯލްޑިވިއަން އަށް އަލަށް ގެނައި ބޯޓްތަކުގެ ތެރެއިން ފުރަތަމަ ބޭނުންކުރަން ބޯޓްގެ ފުރަތަމަ ދަތުރު މިއަދު އައްޑު އަށް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ދަތުރު އޮންނާނީ މެންދުރު ފަހު 3:40 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގަން އެއާޕޯޓަށެވެ. މޯލްޑިވިއަންގެ މި އާ ބޯޓަކީ އޭޓީއާރް 72-600 މަރުކާގެ ބޯޓެކެވެ. މިއީ 74 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ޑޮމެސްޓިކް ދަތުރުތަކަށް މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން މި މަހުގެ 4 ގައި ދުވަހު ދެ ބޯޓު ރާއްޖެ ގެނެސްފައިވެ އެވެ. މި ދެ ބޯޓަކީ ވެސް ޒަމާނީ ވަސީލަތްތައް ހިމެނޭ، ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދުވެސް ކުޑަ ދެ ބޯޓް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަލަށް ގެނައި އޭޓީއާރްް މަރުކާގެ ދެ ބޯޓުގެ އިތުރުން، އެތެރޭގެ އުދުހުންތަކަށް އިތުރު ބޯޓެއް ވެސް ގެންނަން ހަމަޖެހިފައިވެ އެވެ. އެއީ އޭޓީއާރު 42 މަރުކާގެ 50 މީހުންގެ ޖާގައިގެ ބޯޓެކެވެ.