Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

އެސްއެސްނެޓަށް ބަދަލުވާން ހުޅުވާލައިފި

ދިރާގު ޓީވީގެ ހިދުމަތް ހުއްޓައިލާތީ އޭގެ ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގު ޓީވީން ބުނީ މި މަހުގެ 29 ވަނަ ދުވަހު އެ ޓީވީގެ ހިދުމަތް ހުއްޓާލަން ނިންމާފައިވާތީ ކަސްޓަމަރުންނަށް ފަސޭހަކަމާއ އެކީ އެސްއެސްނެޓަށް ބަދަލުވެވޭނެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުކުރާ އިރު، އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.

މުޅި ރާއްޖެ އަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް އެސްއެސްނެޓުން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.

ދިރާގު ޓީވީގެ ހިދުމަތް ހުއްޓައިލަން ނިންމީ އެ ކުންފުންޏަށް ދީފައި އޮތް ރީ-ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އާ ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުން އެ ކުންފުންޏަކީ އެ ހިދުމަތަށް ޝަރުތު ފުރިހަމަ ނުވާ ކުންފުންޏެއް ކަމަށް ނިންމުމާ ގުޅިގެންނެވެ. އެހެންވެ ދިރާގުން ދެމުން އައި ހިދުމަތް، އެސްއެސްނެޓަށް ބަދަލުކޮށްފައިވެ އެވެ. އަލުން ހިދުމަތް ދޭން ފަށާ ކުންފުންޏެވެ.

މިކަން ކުރަނީ ދިރާގާއި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމް) ގެ ސަން ސިޔާމް މީޑިއާއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

އެސްއެސްނެޓާ ގުޅޭ މައުލޫމާތު ހޯދަން ބޭނުންވާ ނަމަ 7775523 އިން އެ މައުލޫމާތެއް ލިބޭނެ އެވެ. އެ ކުންފުނީގެ ހޮޓްލައިނަކީ 1633 އެވެ.