Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ދީނުގެ ނަމުގައި ސިޔާސީ ފިތުނަ އުފައްދަނީ

އިސްލާމް ދީނުގެ ނަމުގައި ސިޔާސީ ފިތުނަ އުފެއްދުމަކީ ހައްގު ބުނެދިނުން ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޙައްޤު ބަޔާންކުރުމުގެ ނަމުގައި އިސްލާމް ދީން ބޭނުންކޮށްގެން ސިޔާސީ ފިތުނަ އާއި ޢަދާވާތްތެރިކަން އުފެއްދުމަކީ ހައްގު ބުނެދިނުމެއް ނޫން ކަމަށެވެ.

"އިސްލާމް ދީނުގައި ޙައްޤަކީ ވަރަށް މަތިވެރި އެއްޗެއް. ޙައްޤު ބުނެ ދިނުމާއި ޙައްޤު ޤާއިމުކުރުން އޮތީ ޢަދުލުވެރިކަމާއި އިހުސާންތެރިކަމުގެ މަތިން." ޝަހީމް ވިދާޅުވި އެވެ.

ޕީޕީއެމަށް ނިސްބަތްވާ ޝަހީމް މިފަދަ މޭރުމަކުން ވާހަކަ ދެއްކެވި އިރު، އޭނަ ކުރިން ހުންނެވި ޕާޓީ އަދާލަތަށް ނިސްބަތްވާ ޑރ. މުހައްމަދު އިޔާޒްގެ އިތުރުން ޝެއިހް އަލީ ޒައިދު ގެންދަވަނީ ޓްވިޓާގައި ސިޔާސީ ގޮތުން ވަރަށް ގިނަ ވާހަކަތައް ދައްކަވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުކޮށް އެކި ކަހަލަ ވާހަކަތައް ދައްކަވަމުންނެވެ.

އަދި ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތުކުރެވޭ ޓްވިޓާ އެކައުންޓެއް ކަމަށްވާ ހަސަން ކުރުސީގެ ޓްވީޓްތަކަށް އިޔާޒާއި ޒައިދު ގެންދަވަނީ ވަރަށް ބޮޑަށް ރައްދު ދެއްވައި، ދީނީ ގޮތުން ވެސް "ބަހުސް ކުރައްވަމުން" ނެވެ.

އިޔާޒް ކުރެއްވި ޓްވީޓެއްގައި މި އަހަރު ޕީޕީއެމަށް ވެރިކަބް ހޯދެން އޮތް ހަމައެކަނި ގޮތަކީ އެމްޑީޕީގެ ޕްރައިމަރީގައި
ނަޝީދަށް އަށް ކާމިޔާބު ލިބިގެންކަމަށްވާތީ އެމީހުންގެ ބޮޓުން ވަރަށް މަސައްކަތް ކުރާ ތަން ފެންނަ ކަމަށެވެ. އިޔާޒް ތުހުމަތުކުރައްވާފައިވާ ގޮތުގައި ނަޝީދަކީ ރާއްޖެ ސެކިއުލާކުރައްވަން އުޅުއްވާ ބޭފުޅެކެވެ.