Last Updated: April 24, 10:23
Wednesday, April 24, 2024
ޚަބަރު

ބީއެމްއެލްގެ ސްކޮލަޝިޕް 7 އެތުލީޓަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 7 އެތުލީޓަކަށް ސްޕޯޓްސް ސްޕޯޓްސް ސްކޮލަޝިޕް ދީފި އެވެ.

ގައުމީ ބޭންކް ބުނީ އެ ސްކޮލަޝިޕްތަކަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުން ދޭން ނިންމި ސްކޮލަޝިޕްތަކެއް ކަމަށެވެ. މި ސްކޮލަޝިޕްގެ ދަށުން އެތުލީޓުންނަށް ހުރިހާ ހަރަދަކާ އެކީ ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމުރީން ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެ ތެރޭގައި ޖެމައިކާ، ކްރޮއޭޝިއާ، ޔޫއޭއީ އަދި ސްޕެއިން ހިމެނެ އެވެ.

ސްކޮލަޝިޕްތަކަށް ހޮވުނު އެތުލީޓުން އިއުލާންކުރަން މިއަދު ހެނދުނު މާލެ ޓޭބަލް ޓެނިސް ހޯލުގައި ބޭއްވި ހަފުލާގައި ސްކޮލަޝިޕްތައް ލިބުނި އެތުލީޓުންނާ އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ބީއެމްއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް އެވެެ.

ސްކޮލަޝިޕް ލިބުނު އެތުލީޓުން:

* މަރިޔަމް ރޫޔާ އަލީ (އެތުލެޓިކްސް)
* މަރިޔަމް މިންހަލް ޝާމިން (އެތުލެޓިކްސް)
* މުހައްމަދު ސާމިލް އަބްދުލް ސަމަދު (ބެޑްމިންޓަން)
* ޝުބާ މުހައްމަދު ޝަރީފް (ބެޑްމިންޓަން)
* ފާތިމަތު ޖުމާނާ ނިމާލް (ޓޭބަލް ޓެނިސް)
* މޫސާ މުންސިފް އަހުމަދު (ޓޭބަލް ޓެނިސް)
* ލަޔާން މުހައްމަދު ޝާމިން (ޓެނިސް)

މި ސްކޮލަޕްޝިޕްތައް ލިބުނު ފަރާތްތައް ހޮވީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް މެދުވެރިކޮށެވެ. އަދި ސްކޮލާޝިޕްތަކަށް އެތުލީޓުން ހޮވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންނެވެ.