Last Updated: April 23, 12:16
Tuesday, April 23, 2024
މުނިފޫހިފިލުވުން

"ސެލްފީ" ގެ ޓްރެއިލާ މިއޮތީ

އަންނަ މަހު ރިލީޒްކުރާ އަކްޝޭ ކުމާރާއި އިމްރާން ހާޝީމީގެ ފިލްމު "ސެފްލީ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ މަހުގެ 24 ގައި ސިނަމާތަކަށް ގެނެސްދޭ މި ފިލްމަކީ މި އަހަރު އެ ސްޓޫޑިއޯ އިން ބެލުންތެރިންނަށް ދޫކޮށްލާ ފުރަަތަމަ ފިލްމެވެ. "ސެލްފީ" އަކީ 2019 ގެ ކާމިޔާބު މަލަޔާޅަމް ކޮމެޑީ-ޑްރާމާ "ޑްރައިވިން ލައިސަންސް" ގެ ރިމޭކެކެވެ.

ބަތަލާއިންގެ ގޮތުގައި ނުޝްރަތު ބަރޫޗާ އާއި ޑަޔާނާ ޕެންޓީ ހިމެނޭ ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ދަރުމާ އން ގެނެސްދިން "ޖުގް ޖުގް ޖިއޯ" ގެ ޑައިރެކްޓަރު ހެދި ރާޖް މެހެތާ އެވެ. އަދި މިއީ 2019 ގެ "ގުޑް ނިއުސް" އަށް ފަހު ރާޖްއާ އެކީ އަކްޝޭ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

"ސެލްފީ" ގައި ދައްކުވައި ދޭނީ މަޝްހޫރު ފިލްމީ ތަރިއަކާއި ފުލުހެއްގެ މެދުގައި ހިނގާ ކަންތައްތަކެވެ. އަކްޝޭ ފިލްމީ ތަރީގެ ގޮތުގައި ފެނިގެންދާ އިރު، ފުލުސް ކެެރެކްޓާ ކުޅެފައި ވަނީ އިމްރާނެވެ.