ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ސޭލް ކަމަށްވާ "އެސްޓީއޯ ރަމަޒާން ބާޒާރު" ފަށައިފި އެވެ.
އެސްޓީއޯގައި މިއަދު ފެށި ޕްރޮމޯޝަން އެޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ ހޯމްއިމްޕްރޫވްމަންޓް މުދަލުން ހިތްގައިމު ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
މި ޕްރޮމޯޝަންގައި އަގުހުރި ގިނަ އިނާމު ތަކެއް ވެސް ދޭނެ އެވެ. އެގޮތުން ގްރޭންޑް ޕްރައިޒްގެ ގޮތުގައި މިފަހަރު ކަނޑައަޅާފައިވަނީ ދެ މީހަކަށް އުމްރާ ދަތުރެކެވެ.
މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނީ އެސްޓީއޯގެ ފިހާރަތަކުން 500 ރުފިޔާގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ.
އެސްޓީއޯ އިން ބުނީ މި ފަހަރުގެ ރަމަޒާން ބާޒާރުގައި ބޭނުންކުރާނީ ޑިޖިޓަލް ކޫޕަން ކަމަށާއި އެ ކުންފުނީގެ އަމާޒަކީ އޮޕަރޭޝަންތަކުގައި ކަރުދާސް ބޭނުންކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކުންފުނީގެ އޮޕަރޭޝަން ބައްޓަން ކުރުން ކަމަށެވެ.