ސަރުކާރުގެ "ގެދޮވެރިޔާ" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަން އަންނަ ފްލެޓްތައް ބަލާލުމުގެ ފުރުސަތު އާންމުންނަށް މިހާރު އޮތީ ހުޅުވާލައިފަ އެވެ. މި ފްލެޓް މިދިޔަ ހޮނިހިރު ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ބައްލަވާލައްވައިފަ އެވެ.
ކުރީގެ މަޝްހޫރު ފިލްމީ ތަރި ނިޝާ ފްލެޓެއްގެ ތެރޭގައި ހުރެ ބުނެފައި ވަނީ ފްލެޓްތައް ހަދާފައި ވަނީ ހީވެސް ނުކުރާ ފެންވަރުގައު ނަލަކޮށް ކަމަށެވެ. އެހެންވެ މިކަމަށްޓަކައި ވެސް އެމްޑީޕީގެ ހުރިހާ މެމްބަރުން އަންނަ ހޮނިހިރު ދުވަހު ޕްރައިމަރީގައި ރައީސަށް ވޯޓް ދޭން ނިޝާ އެދިފައިވެ އެވެ.
މިއަދު ފްލެޓްތައް ބަލާލަން ގޮސްފަ….. pic.twitter.com/WB5bR0FzRf
— Mariya Didi 🎈 (@MariyaDidi) January 22, 2023
ނިޝާ އެމްޑީޕީއާ ގުޅުނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ. އޭނަ އެ ޕާޓީއާ ގުޅުނީ ޖުމްހޫރީ ޕާޓީއާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގުޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އެމްޑީޕީއާ ގުޅުނު ފަހުން މާލެ ސަރަހައްދުގައި ރައީސް ކުރިއަށް ގެންދަވާ ކެމްޕޭން ހަރަކާތްތަކުން ނިޝާ ފެނެ އެވެ.
ދެން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކުރިން ނިޝާއާ އެކީ ފިލްމުތަކެއް ކުޅުނު އެކްޓަރު ރީކޯ މޫސާ މަނިކަކީ ވެސް ރައީސްގެ ވަރަށް ބޮޑު ސަޕޯޓަރެއްކަމެވެ. އޭނަ ގެންދަވަނީ ރައީސްގެ ކެމްޕޭންގައި ވަރަށް ބައިވެރިވެވަޑައިގަންނަވަމުންނެވެ.
The lack of affordable housing has long been a problem for many Maldivian families.
The Fahi Dhiriulhun JMC Housing Project will provide 2000 households with modern homes at reasonable rates. pic.twitter.com/K0vVlrkJVr
— Government of Maldives (@governmentmv) January 20, 2023
ނިޝާ ބަލާލަން ދިޔަ ފްލެޓްތަކަށް މި އަހަރުގެ މަހުގެ ތެރޭގައި މީހުން ވަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.