Last Updated: April 27, 06:00
Saturday, April 27, 2024
ވިޔަފާރި

ސްޕޮޓިފައި ވެސް މުވައްޒަފުން މަދުކުރަނީ

ދުނިޔޭގެ އެންމެ ބޮޑު މިއުޒިކް ސްޓްރީމިން ޕްލެޓްފޯމް، ސްޕޮޓިފައި އިން މުވައްޒަފުން މަދުކުރަން ނިންމައިފި އެވެ.

ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރަން ނިންމާފައިވާތީ މި ހަފުތާގެ ތެރޭގައި ސްޕޮޓިފައި އިން އެކަމާ ގޮތެއް ނިންމާނެ އެވެ. އެކަމަކު އެތަނުން މަދުކުރަން ހަމަޖެހިފައި ވަނީ ކިހާ އަދަދެއްގެ މުވައްޒަފުންނެއް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސްޕޮޓިފައިން 40 އެއްހާ މުވައްޒަފުން މަދުކުރާނެ އެވެ.

މިކަމާ ބެހޭ ގޮތުން ސްޕޮޓިފައިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

މީގެ 16 އަހަރު ކުރުން ވުޖޫދަށް އައި ސްޕޮޓިފައިގެ އިން 15 އޮފީހެއް ހިންގާ އިރު، މުވައްޒަފުންގެ އަދަދު 9،800 އަށް ވުރެ ގިނަ އެވެ. އެތަނުން އަންނަނީ 2019 އިން ފެށިގެން ޕޮޑްކާސްޓްގެ ހިދުމަތް ވެސް ދެމުންނެވެ.

މި ފަހުން ދުނިޔޭގެ ބޮޑެތި ބައެއް ކުންފުނިތަކުން މުވައްޒަފުން މަދުކުރަން އަންނަ އިރު މި އަހަރު ފެށުނު ފަހުން މުވައްޒަފުން މަދުކުރަން ނިންމި ކުންފުނިތަކުގެ ތެރޭގައި ގޫގުލް ހިންގާ އަލްފަބެޓްގެ އިތުރުން އެމެޒޯން ހިމެނެ އެވެ. މިދިޔަ އަހަރު މުވައްޒަފުން މަދުކުރި ކުންފުނިތަކުގެ ތެރޭގައި ޓްވިޓާ އާއި ފޭސްބުކް ހިންގަ މެޓަ އާއި ނެޓްފްލިކްސް އަދި ޑިޒްނީ ފަދަ ކުންފުނިތައް ހިމެނެ އެވެ.