Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެލްޖީއޭގެ ސީއީއޯ ހުންނެވީ ނަޝީދާ އެކީ

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށް ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފު ވެސް އެމްޑީޕީގެ ޕްރައިމަރީގައި މުހައްމަދު ނަޝީދަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.

އޭނަ މިހާރު ގެންދަވަނީ ނަޝީދުގެ ކެމްޕޭން ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިންގަންނަވަމުންނެވެ. އަފްޝަނަކީ ނަޝީދުގެ ކެމްޕޭންގައި މިހާރު އުޅުއްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ.

ނަޝީދަށް އަފްޝަން ތާއީދު ކުރައްވަން ނިންމި އިރު އޭނަ އަކީ އެމްޑީޕީގެ އިސް މަގާމުތައް އަދާކުރައްވައި، އެ ޕާޓީގެ ސިޔާސަތުތައް އެކުލަވައިލުމުގައި އިސް ރޯލެއް ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އޭގައި ވާދަކުރައްވަނީ ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.