Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޓޫރިޒަމަށް އިތުރު 14 ރަށެއް ބީލަމަށް

ޓޫރިޒަމަަށް އިތުރު ރަށްތަކެއް ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ހުޅުވާލީ ނުވަ އަތޮޅަކުން ޓޫރިޒަމްމުގެ 14 މަޝްރޫއެކެވެ.

ޓޫރިޒަމަށް ދޫކުރާ ރަށްރަށާއި ފަޅުތައް:

* ހއ. އަލިދުއްފަރުފިނޮޅު
* ހއ. މެދަފުށި
* ހދ. ކުޑަފަރުފަސްގަނޑު
* ރ.އެއްތިގިލި އަދި ރ. އަލިފުށި ފަޅުން 10 ހެކްޓަރު ހިއްކުން
* ކ.ކާށިދޫފަޅުގެ ސަރަހައްދުން ބައެއް
* މ. ބޯހުރާ
* ފ. ނިލަންދޫފަޅުގެ ސަރަހައްދުން ބައެއް 1
* ފ. ނިލަންދޫފަޅުގެ ސަރަހައްދުން ބައެއް 2
* ތ. އޮޅުފުށި (އޮޅުފުށިފިނޮޅާ އެކު)
* ގއ ބޭރަމައުއްޑޫ
* ގއ. ފުނަދޫވިލިގިއްލާ
* ގދ. ހާދުއާ
* ގދ. ކަޅެހުއްޓާ
* ގދ. ފެރޭތަވިލިނގިލި (ކްލަސްޓަރއެއްގެ ގޮތުގައި)

މި ތަންތަމުގެ ތެރެއިން ހއ.،ހދ އަދި ކ. އަތޮޅުގެ ބީލަންތައް ހުށަހަޅަން ޖެހެނީ އަންނަ މާޗް މަހުގެ 28 ގައެވެ. މ، ފ، ތ.އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅުން އޮންނާނީ މާޗު 29 ގަ އެވެ. މީގެ އިތުރުން ގއ. އާއި ގދ. އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހަޅަން ޖެހެނީ މާޗް 30 ގަ އެވެ.

ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބިނާވެފައިވާ އިރު، މި ދާއިރާ ފުޅާކޮށް ކުރިއަރުވަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ފަސް ރިސޯޓެއް އަލަށް ހުޅުވި އިރު، މިއަހަރުގެ ތެރޭގައި އަލަށް 9 ރިސޯޓު ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރެއިން މ. މަޑިފުށި ޕްރައިވެޓް އައިލޭންޑް ރިސޯޓް ވަނީ މި މަހުގެ 16 ގައި ހުޅުވައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރުގެ އަމާޒަކީ މަދުވެގެން 1،750 އެނދު ހިދުމަތަށް ނެރުމެވެ.