Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

އެވަޓަންގެ ކޯޗުކަމުން ލަމްޕާޑް ވަކިކޮށްފި

އެވަޓަންގެ ކޯޗުކަމުން ފްރޭންކް ލަމްޕާޑް ވަކިކޮށްފި އެވެ.

އެވަޓަންގެ ކޯޗުކަމުން ލަމްޕާޑް ވަކިކޮށްފައިވަނީ އެޓީމުން އިނގިރޭސި ޕްރިމިއާ ލީގުގައި ނެރެމުންދާ ދަށް ނަތީޖާތަކާ ގުޅިގެންނެވެ. ލީގުގައި 20 މެޗު ކުޅެ ނިމުނުއިރު އެވަޓަން މިވަގުތު އޮތީ ރެލިގޭޝަން ޒޯނުގަ އެވެ. އެވަޓަން އަށް 20 މެޗުން ލިބިފައިވަނީ 15 ޕޮއިންޓު ކަމަށްވާއިރު ހޯދިފައިވަނީ އެންމެ ތިން މޮޅެވެ.

ލަމްޕާޑަށް ފަހު އެވަޓަންގެ ކޯޗުކަމާ ދެން ހަވާލުވާނެ ފަރާތެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެ އެވެ.

އެވަޓަންގެ ކޯޗުކަމާ ލަމްޕާޑް ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި އެވަޓަން ޕްރިމިއާ ލީގުން ރެލިގޭޓް ނުވެ ސަލާމަތްކޮށްދީފަ އެވެ. ލަމްޕާޑްގެ އިރުޝާދުގެ ދަށުން އެވަޓަން އިން ވަނީ ޖުމްލަ 44 މެޗު ކުޅެފަ އެވެ. އޭގެތެރެއިން 12 މެޗުން އެޓީމު މޮޅުވިއިރު 24 މެޗުން ވަނީ ބަލިވެފަ އެވެ.

ލީގުގައި އެވަޓަން ދެން ބައްދަލުކުރާނީ އެއްވަނައިގައި އޮތް އާސެނަލްއާ އެވެ.