Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އައްޑޫން 500 ގޯއްޗަށް ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީ ކައުންސިލް އިދާރާ:

އައްޑޫން 500 ގޯއްޗަށް އެދުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ފުރުސަތު ހުޅުވާލާފައި ވަނީ ފޭދު އާއި މީދު އަދި ހުޅުދޫން ދޫކުރާ ގޯއްޗަށެވެ. ހުޅުދު އާއި މީދޫން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2،000 އަކަފޫޓްގެ 100 ގޯއްޗެވެ. ފޭދޫން ދޫކުރާނީ 1،500 އަކަފޫޓްގެ 300 ގޯއްޗެވެ.

ގޯތި ދޫކުރަން ހަމަޖެހިފައިވާ ގޮތް:

* ފޭދޫ އަވަށުގެ ރައްޔިތުންނަށް: 270 ގޯތި
* ފޭދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް: 30 ގޯތި
* މީދޫ ރައްޔިތުންނަށް: 90 ގޯތި
* އެހެން އަވަށްތަކުގެ ރައްޔިތުންނަށް: 10 ގޯތި
* ހުޅުދޫ ރައްޔިތުންނަށް: 90 ގޯތި
* އެހެން އަވަށްތަކުގެ ރައްޔިތުންނަށް: 10 ގޯތި

ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 2 ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އާ އަށެވެ. ފޯމު ބަލައިގަންނާނީ ގަތުމަށް އެ އަވަށެއްގެ އަވަށު އޮފީހުންނެވެ.

ގޯއްޗަށް އެދި ހުށަހަޅަން ޖެހޭނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ފޯމުގެ އަސްލެވެ.