Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ސަފާރީއެއް ފަރަކަށް އަރައިފި

ފަސް މީހުންނާ އެކު ތ. ދިޔަމިނގިއްޔަށް ދަތުރު ކުރަނިކޮށް ފަރަށް އެރި ސަފާރީއަކަށް އެހީތެރިކަން ފޯރުކޮށް ދޭން ސިފައިން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ "ރެޑް މޫން" ނަމަކަށް ކިޔާ ސަފާރީ މަޑިފުށީގެ ހުޅަނގު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު، އެކަމުގެ ރިޕޯޓް ލިބުނީ ރޭ 8:00 ޖަހަން އުޅެނިކޮށް ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަން އަށް ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، ހަރަކާތްތެރިވާން ފެށި އެވެ. އެގޮތުން އެމްއެންޑީއެފްގެ ޑައިވަރުން ޑައިވްކޮށް ސަފާރީއަށް ލިބިފައި ހުރި ގެއްލުންތައް އަންނަނީ ބަލަމުންނެވެ. ސަފާރީ ފަރަށް އަރައި، ބީހުމުގެ ސަބަބުން އުޅަނދުގެ ބަނޑުފިލައިގެ ދެ ތަނަކުން ގަލެއްގައި ޖެހި ފަޅައިގެން ގޮސް ދިޔަވެފައިވެ އެވެ.

މި ސަފާރީ އަކީ ދިޔަމިނގިލި ޔާޑަށް ނެގުމަށް އެ ރަށަށް ދަތުރުކުރަމުން ދިޔަ އުޅަނދެއްކަމުން ފަރަށް އެރި ވަގުތު އޭގައި އެއްވެސް ޓޫރިސްޓަކު ނެތެވެ. އަދި ސަފާރީގެ ހުރިހާ ފަޅުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.