Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

މި އަހަރުގެ ސަޓާ އެވޯޑަށް ހުޅުވާލައިފި

މި އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) އަށް ހުޅުވާލައިފި އެވެ.

ރާއްޖޭގެ އިވެންޓް ކުންފުންޏެއް ކަމަށްވާ ހައި ރައިޒުން އިންތިޒާމުކޮށްގެން ދޭ ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި ޓޫރިޒަމް ދާއިރާ އިން ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އެވޯޑް ދޭން ފެށީ 2016 ގަ އެވެ.

މި އަހަރުގެ ސަޓާ އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑި އަކީ އެޕްރީލް 10 އެވެ. އެވޯޑަށް www.southasiantravelawards.com އޮންލައިންކޮށް ކުރިމަތިލެވޭނެ އެވެ. މި ފަހަރު 52 ކެޓަގަރީއަކަށް ހުޅުވާލާފައިވެ އެވެ.

މިދިޔަ އަހަރު ސަޓާގެ ހަ ވަނަ އެވޯޑަށް 39 ކެޓަގަރީއަކުން ވާދަކުރުމުގެ ފުރުސަތު ހުޅުވާލި އެވެ. އަދި އެވޯޑަށް ހަ ގައުމަކުން 500 އަށް ވުރެ ގިނަ ތަންތަން ނޮމިނޭޓްކުރި އެވެ. އަދި އެ އެވޯޑްސް ރާއްޖެ އާއި ރާއްޖޭން ބޭރުގެ 15 އަށް ވުރެ ގިނަ ތަންތަނުން އެންޑޯސްކޮށްފައިވެ އެވެ.