Last Updated: April 24, 23:11
Thursday, April 25, 2024
މުނިފޫހިފިލުވުން

އަޖޭގެ "ބޯލާ" ގެ ދައްކައިލުމެއް

އަޖޭ ދޭވްގަން ޑައިރެޓްކޮށް، ކުޅުނު ހަތަރު ވަނަ ފިލްމު "ބޯލާ" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން އޮތީ މާޗް މަހުގެ 30 ގަ އެވެ. "ބޯލާ" އަކީ 2019 ތަމަޅަ އެކްޝަން ތުރިލާ "ކައިތީ" ގެ ރިމޭކެކެވެ. ކާތީ ކުޅުނު ފިލްމު ލިޔެ، ޑައިރެކްޓްކުރީ ލޮކޭޝް ކަނަގަރާޖެވެ.

އަޖޭއާ އެކީ "ބޯލާ" ގެ ކާސްޓްގައި ތައްބޫ، ސަންޖޭ މިޝްރާ، ދީޕަކް ދޮބްރިޔާލް އަދި މަކްރަންދު ދޭޝްޕާންޑޭ ހިމެނެ އެވެ. މީގެ އިތުރުން މީގެ ހާއްސަ ފެނިލުންތަކުން އަބީޝެކް ބައްޗަނާއި ދެކުނުގެ މަޝްހޫރު ބަތަލާ އަމާލާ ޕޯލް ވެސް ފެންނާނެ އެވެ.

އަޖޭ ޑައިރެކްޓްކޮށް، ކުޅެ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ އޭވިއޭޝަން ތުރިލާ "ރަންވޭ 34" އެވެ. އޭނަގެ ކުރީގެ ޑައިރެކްޝަންތަކަކީ 2016 ގެ "ޝިވާއޭ" އާއި 2008 ގެ "ޔޫ، މީ އޯރް ހަމް" އެވެ.