Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ޑީއާރްޕީ އުވާލާތީ ކޯޓަށް ހުށަހަޅައިފި

ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވާތީ ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ އެ ޕާޓީން އިއްޔެ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

އެެ އުވާލަން އީސީން ނިންމީ މިދިޔަ މަހު އެވެ. ޑީއާރުޕީ އުވާލަން ނިންމާފައިވާތީ އެ ޕާޓީގެ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގަން އިލެކްޝަންސް ކޮމިޝަނުން އޮތީ އަންގައިފަ އެވެ. ގާނޫނުގައ ބުނާ ގޮތުން 3،000 މެމްބަރުން ހަމަނުވާ ޕާޓީތައް ކޮމިޝަނުން އުވާލަން ޖެހެ އެވެ.

ޑީއާރުޕީ އުވާލަން ނިންމި މައްސަލަ އެ ޕާޓީން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަޖި ގޮތެއް ނުނިންމަ އެވެ.

ޑީއާރްޕީ އަކީ ރާއްޖޭގައި ދެވަނަ އަށް އުފެއްދި ޕާޓީ އެވެ. އަދި އެއީ ކުރިން ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެވެ. ޑީއާރްޕީ އުފެއްދީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެންނެވެ.

ޑީއާރްޕީގެ މިހާރުގެ ލީޑަރަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.