Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ދެ ކްރޫޒް ލައިނާއެއް މާދަމާ އައްޑު އަށް

ރާއްޖެއައި ކްރޫޒް ލައިނަރއެއް / ފޮޓޯ: މާޔާ

އައްޑު އަށް މާދަމާ ހެނދުނު ދެ ކްރޫޒް ލައިނާއެއް އައުމަށް ހަމަޖެހިއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ އަށް މާދަމާ އަންނަ ދެ ކްރޫޒްލައިނާގެ ތެރޭގައި ހިމެނެނީ "އާޓޭނިއާ" އަދި "ކޮރަލް އެކްސްޕެޑިޝަން" ނަމަކަށް ކިޔާ ދެ ބޯޓު ކަމަށެވެ.

ކޮރަލް އެކްސްޕެޑިޝަން އިން 50 ފަތުރުވެރިން އަދި އާރޓިއާނާ 1200 ޓޫރިސްޓުން އައްޑު އަށް މާދަމާ ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ ކަމަށް ކައުންސިލުން ބުނެ އެވެ. ފަތުރުވެރިން އެއްގަމަށް ފޭބުމަށް ހަމަޖެހިފައި ވަނީ ފޭދޫ ބަނދަރު ސަރަހައްދުންނެވެ.

ޓޫރިސްޓުނަށް ފޭދޫ ބަނދަރު ސަރަހައްދުން މަރުހަބާ ކިޔުމަށް ހަމަޖެހިފައި ވަނީ މޭޔަރު އަލީ ނިޒާރާއި ކައުންސިލަރުންނެވެ.

އައްޑޫގައި ކްރޫޒް ޓާމިނަަލަކާއި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަކަށް ތައްޔާރުވަމުން އަންނަ ކަމަށް މޭޔަރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.