Last Updated: April 23, 11:52
Tuesday, April 23, 2024
ޚަބަރު

މަަރަދޫފޭދޫގެ 3 މިސްކިތެއްގެ މަރާމާތަށް ބަޔަކު ހޯދަނީ

އައްޑޫ މަރަދޫފޭދޫގެ ތިން މިސްކިތެއް އަމިއްލަ ތަކެތީގައި މަރާމާރުތުކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން ބުނީ އެ ތިން މިސްކިތަކީ މަސްޖިދުއް ނޫރާއި މަސްޖިދުއް ތަޤުވާގެ އިތުރުން މަސްޖިދުލް ޢަލީ ކަމަށެވެ.

މި ތިން މިސްކިތް އަމިއްލަ ތަކެތީގައި މަރާތުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މާދަމާ ހެނދުނު 10:00 އަށް މަރަދޫފޭދޫ އަވަށު އޮފީހަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު މި މަހުގެ 30 ގައި ޕްރޮޕޯސަލް ހުށަހަަޅަން ކައުންސިލުން އެދިފައިވެ އެވެ.