Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ގައްދޫ ބަނދަރަށް ބޭނުންވާ ކޮންކްރީޓް ގައު ގެންގޮސްފި

ގދ. ގައްދޫ ބަނދަރަށް ބޭނުންވާ ކޮންކްރީޓް ގައު ގެންގޮސްފިއެވެ.

ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ހާބަރ ބްރިޖް ކޮލަމްގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 320 މީޓަރުގެ ސްކޯރިންގ އޭޕްރަންއެއް ހެދުމާއި، ބްރިޖެއް ހެދުމާއި، 1600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 42.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.