Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މަހިބަދޫއަށް އިތުރު ޖަނަރޭޓަރެއް

އދ. މަހިބަދޫގެ ކަރަންޓް ހިދުމަތް ފުރިހަމަ ކުރުމަށް އިތުރު ޖަނަރޭޓަރެއް ގެންގޮސްފިއެވެ.

މަހިބަދޫގައި ކަރަންޓް ހިދުމަތް ދެމުން އަންނަ ސްޓެލްކޯއިން ބުނެފައިވަނީ، މަހިބަދޫއަށް 600kW ގެ ޖަނަރޭޓަރެއް ގެންދެވިފައި ވާކަމަށެވެ.

އެ ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

މަހިބަދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފައިވަނީ މަހިބަދޫގައި ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، އިތުރަށް ފުރިހަމަކުރުމަށްޓަކައި ކަމަށް ސްޓެލްކޯއިން މައުލޫމާތުދީފައިވެއެވެ.