Last Updated: April 26, 22:09
Friday, April 26, 2024
ޚަބަރު

އެމްއެންޔޫގެ "ފަހި ސުފުރާ" އަށް ހުޅުވާލައިފި

ގައުމީ ޔުނިވަސިޓީން އަންނަ މާޗް މަހު ބާއްވަން ނިންމާފައިވާ "ފަހު ސުފުރާ" ގެ ނަމުގައި ބާއްވާ ކާބޯތަކެތީގެ މައުޒަރުގައި ބައިވެރިވާން އާންމުކޮށް ހުޅުވާލައިފި އެވެ.

އެ ޔުނިވަސިޓީން ބުނީ އެ އިވެންޓް ބާއްވަން ތާވަލުކޮށްފައި އޮތީ މާޗް މަހުގެ 1 އާއި 2 ގައި ޔުނިވަސިޓީގައި ކަމަށެވެ. އެހެންވެ "ފަހި ސުފުރާ" ބައިވެރިވާން ބޭނުންވާ ކާބޯތަކެތި ތައްޔާރުކުރާ މީހުންނަށް މިހާރު ވަނީ ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 18 އާ ހަމައަށް ހުޅުވލައިފަ އެވެ.

ގައުމީ ޔުނިވަސިޓީން ބުނީ މީގެ އެންމެ ބޮޑު މަގުސަދަކީ ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިން އެ މީހުންގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުސަތު ތަނަވަސްކޮށް ދިނުމެވެ.

މީގެ އިތުރުން އާ ވައްތަރުތަކުގެ ކާނާ އާންމުންނާ ހަމައަށް ގެނެސްދެވޭނެ މާޙައުލެއް ގާއިމްކޮށްދީ ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ދިވެހި އުފެއްދުންތެރިންނަށް އެ ފުރުސަތު ފަހިކޮށް ދިނުމަކީ ވެސް "ފަހި ސުފުރާ" ގެ މަގުސަދެކެވެ.