Last Updated: April 19, 21:23
Friday, April 19, 2024
ދުނިޔެ

ކްރިސް އަކީ ނިއު ޒީލެންޑްގެ އާ ބޮޑުވަޒީރު

ނިއު ޒީލެންޑްގެ ބޮޑުވަޒީރުގެ މަގާމާ ކްރިސް ހިޕްކިންސް ރަސްމީކޮށް މިއަދު ހަވާލުވެވަޑައިގެންފި އެވެ.

ވަނަމަށް "ޗިޕީ" ކިޔާ ކްރިސް މަގާމާ ހަވާލުވެވެވަޑައިގެންނެވީ ޖަސިންޑާ އާޑެން ބޮޑުވަޒީރުކަން ދޫކޮށްލައްވަން ނިންމެވިކަން އިއުލާން ކުރެއްވިތާ ގާތްގަނޑަކަށް ހަފުތާއެއް ފަހުންނެވެ. ދެހާސް ސަތާރައިގައި ގައުމު ހިންގެވުމާ ހަވާލުވެވަޑައިގެންނެވި 42 އަހަރުގެ ޖަސިންޑާ އިސްތިއުފާ ދެއްވަން ނިންމެވިކަން އިއުލާންކުރެއްވި މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެއާ އެކީ ދެން ބޮޑުވަޒީރަކަށް ކްރިސް އައްޔަންކުރަން ލޭބަ ޕާޓީ ނިންމައި މިދިޔަ އާދީއްތަ ދުވަހު ރަސްމީކޮށް އެގޮތަށް ފާސްކުރި އެވެ.

އުމުރުން 44 އަހަރުގެ ކްރިސް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނަ އަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރާއި ޕޮލިސް މިނިސްޓަރުގެ އިތުރުން ޕަބްލިކް ސާވިސް މިނިސްޓަރު ވެސް މެ އެވެ. ދެހާސް ވިހީގައި ކްރިސް ކޮވިޑް މިނިސްޓަރަކަން ވެސް ކުރެއްވި އެވެ. އޭނަ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ 2008 ގަ އެވެ.

ކްރިސްވެފައި ވަނީ ނިއު ޒީލެންޑްގެ 41 ވަނަ ބޮޑުވަޒީރަށެވެ.