Last Updated: April 19, 22:45
Saturday, April 20, 2024
ރިޕޯޓް

ޑެމިއަން: ރާއްޖޭގެ ކަނޑުތައް ހުރަސް ކުރަނީ

ބޯޑެއްގެ މަތީގައި ފަލި ޖަހައިގެން ބޭރުގެ މީހަކު ރާއްޖޭގެ ކަނޑު ހުރަސްކުރުމުގެ ދަތުރަކަށް ތައްޔާރުވެއްޖެ އެވެ.

އަންނަ މަހުގެ 17 ގައި ހުވަދު އަތޮޅުން މި "އެޑްވެންޗަ" ދަތުރަށް ނުކުންނަނީ މިފަދަ ކަންކަމަށް މަޝްހޫރު އޮސްޓްރޭލިއާ މީހެއް ކަމަށްވާ ޑެމިއަން ރައިޑާ، 47، އެވެ. ލިޔުންތެރިއެއްގެ ގޮތުގަ އާއި މޯޓިވޭޝަނަލް ސްޕީކާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ޑެމިއަންގެ ރާއްޖޭގައި ފަށާ ދަތުރުގެ ތެރެއިން 480 ކިލޯމީޓަރު ހުރަސް ކުރާނެ އެވެ. އެއީ ރާއްޖޭގެ އަށް އަތޮޅެއް ގިރާކުރާ ގޮތަށެވެ.

ރާއްޖޭގައި މިހާތަނަށް އަދި މިފަދަ ކަމެއް އެއްވެސް މީހަކު ކޮށްފައިވާ ނުވާ އިރު، ޑެމިއަންގެ އަމާޒަކީ އައްޑުވަހުގެ ތެރޭގައި އޭނަގެ ޓާގެޓް ހާސިލުކުރުމެވެ. މިކަމަށް އޭނަ ބޭނުން ކުރާނީ ކޮއްޅަށް ހުރެގެން ފަލި ޖަހާލެވޭ ސްޓާބޯޑް 14، ޓުއަރިން ބޯޑާއި އަދި ހަމަ ޕްރީ-ޕްރެގް ލީމާ ޕެޑްލް އެވެ.

ޑެމިއަން ރާއްޖޭގެ ކަނޑުގައި ކުރާ އާދަޔާހިފާލު މި ދަތުރު ޑޮކިއުމަންޓް، ޑޮކިއުމަންޓަރީއެއްގެ ގޮތުގައި ވެސް ގެނެސްދޭނެ އެވެ.

މީގެ ކުރިން ނެޝަނަލް ޖިއޯގްރަފީން ވެސް ޑެމިއަންއާ ބެހޭ ދެ ޑޮކިއުމަންޓަރީއެއް ހަދާފައިވެ އެވެ.

ރާއްޖޭގައި ފަށަން ތައްޔާރުވާ "480 ކިލޯމީޓާ: އަލްޓިމޭޓް މޯލްޑިވްސް ޕެޑްލް" ގެ ވާހަކަ އޭނަގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.