ރާއްޖޭން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު އަލީ ފާއިޒަށް މިއަދު މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.
އޭނަ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފަތްކޮޅު ދެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ފާއިޒަކީ މިދިޔަ އަހަރު އަހަރު ފޮރިން މިނިސްޓްރީގެ ނައިބުކަމާއި 2021 ގައި ޕޮލިސް ބޯޑުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނަ އަކީ ކުރިން ބ. އަތޮޅުގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައި، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައިފަ އެވެ. ދެހާސް ބާރައިގައި ފާއިޒު ވަނީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
އޭނަ ލަންކާގެ ސަފީރަކަށް ކަނޑައަޅަން މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ގަ އެވެ.
ލަންކާގެ ސަފީރުކަށް ފާއިޒު އައްޔަން ކުރަން ނިންމީ އެ ގައުމުގެ ސަފީރުކަމުގެ މަގާމުގައި ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގު ކިންގްޑަމް އޮފް ބެލްޖިއަމަށް ކަނޑައެޅި ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ކަނޑައެޅި ސަފީރުކަށް އައްޔަން ކުރުމާ ގުޅިގެންނެވެ.