Last Updated: July 26, 06:13
Sunday, July 26, 2026
ޚަބަރު

މަތިވެރި އަށް ސެލްފް ސާވިސް އޭޓީއެމެއް

އއ. މަތިވެރީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސެލްފް ސާވިސް އޭޓީއެމެއް ބަހައްޓައި ހިދުމަތް ދޭން ފަށައިފި އެވެ.

މި އޭޓީމާ އެކީ މިހާރު އއ. އަތޮޅު ރަސްދޫގައި ބްރާންޗެއްގެ އިތުރުން ތޮއްޑޫގެ އިތުރުން އުކުޅަހުގައި ވެސް އަންނަނީ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ދެމުންނެވެ.

ބީއެމްއެލުން މިހާރު 20 އަތޮޅުގައި 35 ބްރާންޗް ހިންގަމުން އަންނަ އިރު 83 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 141 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންނާ ހިދުމަތް ދެ އެވެ.