Last Updated: July 12, 05:49
Saturday, July 12, 2025
ދުނިޔެ

ޕެރިސް ހިލްޓަނަށް ދަރިއަކު ލިބިއްޖެ

މިދިޔަ އަހަރުގެ ފަހުކޮޅު ފިރިމީހާއާ އެކީ ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ޕެރިސް ހިލްޓަނަށް ދަރިއަކު ލިބިއްޖެ އެވެ.

އޭނަގެ އިންސްޓަގްރާމްގައި ވެސް ދަރިފުޅުގެ އަތްތިލައިގައި ހިފައިގެން ނަގާފައިވާ ފޮޓޯއެއް މިއަދު ޕޯސްޓްކޮށްފައިވެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޕެރިސް އާއި ފިރިމީހާ ކާޓާ ރިއަމް އަށް ދަރިއަކު ހޯދީ ސަރޮގޭޓްކޮށްގެން ކަމަށެވެ. އަދި އެއީ ފިރިހެން ކުއްޖެކެވެ.

ޕީޕަލް އަށް ދިން އިންޓަވިއެއްގައި ޕެރިސް، 41، ބުނީ ދަރިއަކު ލިބި މަޔަކަށްވުމުން ވަރަށް އުފާވެފައިވާ ކަމަށާއި އޭނަ އާއި ފިރިމީހާ އާއި މުޅި އާއިލާ އަށް ބޮޑު އުފާވެރި ކަމެއް ލިބިފައިވާ ކަމަށެވެ.

"މަޔަކަށްވުމަކީ އަބަދު ވެސް ހުވަފަނެއް. ކާޓާއާ ހިއްސާވެގެން މިކަންވުމަކީ ވަކިން ބޮޑު އުފަލެއް." ޕެރިސް ބުންޏެވެ.

އެ ދެ މީހުން ކައިވެނިކުރީ 2021 ގެ ނޮވެމްބަރު މަހު އެވެ.