Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއް ހުޅުމާލޭގައި

އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއް ހުޅުމާލޭގައި ތަރައްގީ ކުރުމަށް ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑިސީން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ބެލުމަށް މަރުކަޒެއް ޤާއިމުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އީމެއިލް ނުވަތަ އެޗްޑީސީއަށް އެޑްރެސްކޮށް ޕްރޮޕޯސަލް ހުށަހެޅުމަށެވެ.

މި މަރުކަޒުގައި ހުންނަންޖެހޭ ޝަރުތުތައް އެޗްޑީސީގެ އިއުލާނުގައި ބަޔާން ކޮށްފައިވާއިރު އެތަނަށް ހާއްސަ ޕާކިންގއަކާއި، އެންމެނަށް ވަދެނިކުތުމުގައި ފަސޭހަވާނެ ގޮތަށް ޑިޒައިންކުރުން ހިމެނެއެވެ. މީގެއިތުރުންވެސް އިތުރު ކަންކަން ފާހަގަ ކޮށްފައިވެއެވެ.