Last Updated: July 16, 00:49
Tuesday, July 15, 2025
ޚަބަރު

ކިނޮޅަސް ބަނދަރު ނިމުމާ ގާތަށް

ރ. ކިނޮޅަސް ބަނދަރު މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 84 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތުގެ 97 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމާއި، ނެރު ފުންކުރުމާއި، ގްރޮއިން ޖެހުމާއި، އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމާއި، ބެކޮން ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 45.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.