Last Updated: April 18, 06:09
Thursday, April 18, 2024
މުނިފޫހިފިލުވުން

ސަލްމާންގެ އާ ފިލްމުގެ ޓީޒާއެއް

މި އަހަރުގެ ފިތުރު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ ސަލްމާން ޚާންގެ އާ ފިލްމު "ކިސީ ކާ ބާއީ ކިސީ ކާ ޖާން" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" ގެ ޑައިރެކްޓަރު ފަރުހާދު ސަމްޖީ ހަދާފައިވާ މަސާލާ ފިލްމެކެވެ. "ކިސީ ކާ ބާއީ ކިސީ ކާ ޖާން" އަކީ ޕޫޖާ ހެގްޅޭ އެވެ.

މީގައި ބޮޑު ކާސްޓެއް ހިމެނޭ އިރު ފެންނާނެ ތަރިންތަކުގެ ތެރޭގައި "ބިގް ބޮސް 13" އިބް ވިދާލި ޝެހެނާޒް ގިލް (ސަނާ) އާއި ކުރީގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގައި ޕްރޭނާގެ ރޯލު ކުޅުނު ޝްވެތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ އާއި ޖައްސީ ގިލް އާއި ސިދާތު ނިގާމާއި ރާގަވް ޖުޔަލް އާއި ސަލްމާނާ އެކީ "މޭނޭ ޕިޔާރު ކިޔާ" ކުޅުނު ބަގިޔާޝްރީ އާއި "ތޭރާ ނާމް" ގެ ބަތަލާ ބޫމީ ޗާވްލާގެ އިތުރުން ދެކުނުގެ މަޝްހޫރު ތަރިން ކަމަށްވާ ވެންކަޓޭޝްގެ އިތުރުން ޖަގަޕަތީ ބާބޫ ހިމެނެ އެވެ.

"ކިސީ ކާ ބާއީ ކިސީ ކާ ޖާން" އެޕްރީލް 21 ގައި ގެނެސްދޭން ހަމަޖެހިފައިވާ އިރު، މިއީ މި އަހަރު ރިލީޒްވާ ސަލްމާންގެ ފުރަތަމަ ފިލްމެވެ. އަދި މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޭނަގެ "ޓައިގާ 3" ވެސް ސިނަމާތަކަށް އަންނާނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ އިއްޔެ ސިނަމާތަކުގައި ދައްކަން ފެށި ޝާހްރުކް ޚާންގެ "ޕަތާން" ގެ ހާއްސަ ފެނިލުމެއްގައި ސަލްމާން ހިމެނޭ ކަމެވެ. އޭގައި ހިމެނެނީ "ޓައިގާ" ފްރެންޗައިޒްގައި ކުޅެމުން އަންނަ ކެރެކްޓާއިންނެވެ.