Last Updated: July 8, 14:46
Tuesday, July 8, 2025
ޚަބަރު

އެންޑީއެމްއޭގެ އެހީއެއް ސިފައިންނަށް

ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން، އެމްއެންޑީއެފް މެޑިކަލް ކޯއަށް އޮކްސިޖަން ސިލިންޑަރުގައި ހަރުކުރާ 20 ރެގިއުލޭޓަރު ހަދިޔާކޮށްފި އެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ލެއްވީ މެޑިކަލް ކޯގެ ސާޖަން ޖެނެރަލް، ކާނަލް ޑރ. ޢަލީ ޝާހިދު މުހައްމަދެވެ. އެންޑީއެމްއޭ ފަރާތުން ތަކެތި ހަވާލުކޮށްދެއްވީ އެތަނުގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަނެވެ.

އެމްއެންޑީއެފް މެޑިކަލް ކޯރގެ ބޭނުންތަކަށް އެންޑީއެމްއޭއިން އޮކްސިޖަން ސިލިންޑަރުގައި ހަރުކުރާ 20 ރެގިއުލޭޓަރު ހަދިޔާކުރަީ އިމަޖެންސީ ރެސްޕޮންސް ޚިދުމަތްތަކުގައި އެމްއެންޑީއެފް މެޑިކަލް ކޯރގެ ކޭޕަބިލިޓީ އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.