Last Updated: April 24, 23:11
Thursday, April 25, 2024
މުނިފޫހިފިލުވުން

ބިޔޯންސޭގެ ޗުއްޓީ ރާއްޖޭގައި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އާއިލާއާ އެކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ބިޔޯންސޭ އާއި ފިރިމީހާ އަދި މަޝްހޫރު ރެޕާ ޖޭ-ޒީ އާއި ތިން ކުދިންނާ ޗުއްޓީ ހޭދަކުރަނީ ވޮލްޑޯފް އެސްޓޯރިއާ އިތާފުށީގަ އެވެ. ޕްރައިވެޓް ޖެޓެއްގައި ރާއްޖެ އައި މި އާއިލާއާ އެކީ އެ މީހުންގެ ގިނަ އަދަދެއްގެ ބޮޑީގާޑުން ވެސް ހިމެނެ އެވެ.

ބިޔޯންސޭ އާއިލާއާ އެކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަަ ނަމަވެސް ދަތުރުގެ އެއްވެސް ކުލަވަރެއް އަދި އޭނަގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައެއް ނެތެވެ. ދެހާސް އެކާވީހުގައި ވެސް ބިޔޯންސޭ އާއިލާއާ އެކީ ރާއްޖެ އަ އެވެ.

އެމެރިކާގެ އެންމެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ހިމެނޭ ބިޔޯންސޭ، 41، މިހާތަނަށް 28 ގްރެމީގެ އިތުރުން މިއުޒިކް ދާއިރާ އިން ދެވޭ ޝަރަފުވެރި އެތައް އެވޯޑެއް ލިބިފައިވާ ލަވަކިޔުންތެރިއެކެވެ. އޭނަގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރުގެ "ރެނަސެންސް" އެވެ.