Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

އިންޑިއާ: ޖީ-20 ރިޔާސަތާ އެކީ ސަމާލު ކަމަށް

ތަޢާރަފް

‎އިންޑިއާއިން 2023 ވަނަ އަހަރުގެ ޖީ20 (19 ބޮޑެތި އިޤްތިޞާދާއި ޔޫރަޕިއަން ޔޫނިއަން ހިމެނޭ 20 ޤައުމުގެ ގްރޫޕް) ގެ ރިޔާސަތު އިންޑޮނޭޝިއާ އަތުން ނަގައި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުވަނީ ހަވާލުވެފައެވެ. މި ޒިންމާ ނަންގަވަމުންއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ޖީ-20 ގެ ރިޔާސަތަކީ "އިންކްލޫސިވް، އުންމީދީ، ނިންމުންތައް ނިމި އަދި ފިޔަވަޅުތައް އެޅިގެންދާނެ" ރިޔާސަތަކަށް ވާނެކަމަށެވެ.
‎ޖީ-20ގެ ރަޔާސަތައް އިންޑިއާ އިން ހަވާލުވެގެންދިޔުމަކީ ދުނިޔޭގެ މައިދާނުގައި ފާހަގަކޮށްލެވޭ ޤައުމެއްގެ ގޮތުގައި އިންޑިއާ ޤާއިމްވެގެން ދިޔަކަމެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއި ރަޝިއާ-ޔޫކްރެއިންގެ ހަމަނުޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދުނިޔޭގެ ކުރިއަރާފައިވާ އަދި ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު، އިންޑިއާ އިން ވަނީ އެ ޤައުމުގެ ހިތްވަރުގަދަ އިސްނެގުމާއި ވިސްނުންތެރި ސިޔާސަތުތަކުގެ ތެރެއިން ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ޤައުމަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެވިފައެވެ.

‎ޖީ-20 އަކީ ކޮބާ؟

‎ޖީ-20 އަކީ އިންޑަސްޓްރިއަލައިޒްޑް އަދި ތަރައްޤީވަމުން އަންނަ ޤައުމުތައް ހިމެނޭ ގޮތަށް ދުނިޔޭގެ ބޮޑެތި އިޤްތިސާދުތައް ތަމްސީލުކުރާ ބައިނަލްއަގުވާމީ ފޯރަމެކެވެ. އެ ޖަމިއްޔާގެ މައިގަނޑު މެންޑޭޓަކީ ދުނިޔޭގެ އިޤްތިސާދާއި ތަރައްޤީގެ މައްސަލަތަކާއި ފައިނެންޝަލް އާކިޓެކްޗާއާ ގުޅުންހުރި ބޮޑެތި ގޮންޖެހުންތައް އަދި ބައިނަލްއަޤްވާމީ މާލީ ހަމަޖެހުމާއި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި ދެމެހެއްޓެނިވި ތަރައްޤީ ފަދަ ކަންކަމަށް ހައްލު ހޯދުމެވެ.
‎ޖީ-20 ގެ މެމްބަރުން އެކުގައި، ދުނިޔޭގެ ގްރޮސް ޕްރޮޑަކްޓްގެ 85 ޕަސެންޓް ތަމްސީލު ކުރެ އެވެ. މިއީ ބައިނަލްއަޤްވާމީ ވިޔަފާރީގެ 75 އިންސައްތަ އާއި ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ.
‎ޖީ-20 އަކީ ފޯރަމްއަކަށް ވާތީ، އެ ޖަމިއްޔާގެ އެއްބަސްވުންތަކާއި ނިންމުންތަކަކީ ޤާނޫނީ ގޮތުން ލާޒިމް ކުރާ ކަމެއް ނޫން ނަމަވެސް ޤައުމުތަކުގެ ސިޔާސަތުތަކާއި ދުނިޔޭގެ އޭގެން އެއްބާރުލުމަށް ނުފޫޒު ފޯރުވަ އެވެ.

‎ސެޓިންގ

2022ވަނަ އަހަރުގެ ނޮވެމްބަރުމަހު ބާލީގައި ބޭއްވި ޖީ20 ސަމިޓަކީ ބައިނަލްއަޤްވާމީ ސިޔާސީ މައިދާނާއި އިޤްތިޞާދުގައި ވަރަށް އުނދަގޫ އަދި ދަތި ދަނޑިވަޅެއްގައި ބޭއްވުނު ސަމިޓެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފާއިތުވި 3 އަހަރުގެ ތެރޭގައި މުޅި ދުނިޔެއަށް ވަނީ ބޮޑެތި ހަމަނުޖެހުންތަކާއި އުދަނގޫތައް ކުރިމަތިވެފައެވެ. މިހާރު ހިނގަމުންދާ ރަޝިޔާ އާއި ޔޫކްރެއިންގެ ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ދުނިޔެއަށް އަސަރުކޮށްފައިވަނީ ކާބޯތަކެތީގެ ދަތިކަމާއި އަގު މަތިވުމާއި ފާޓިލައިޒާއި ހަކަތައިގެ ދަތިކަމާއި ނުފުއްދޭ ދަރަނިތަކާއި ސަޕްލައި ޗެއިންއަށް ހުރަސް އެޅުން ފަދަ ކަންކަމުގެ ސަބަބުންނެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ޓެރަރިޒަމާއި ނިއުކްލިއާ ފެތުރުމާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ހާސިލްކުރުމާއި އެހެނިހެން ގޮންޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިސާދާއި މުޖުތަމައު ހަލަބޮލިވަމުން ދެއެވެ. މި ހާލަތުގައި ޖީ-20ގެ ހަރަކާތްތައް ހިންގުމުގެ މަސްއޫލިއްޔަތު އިންޑިއާއާ ވަނީ ހަވާލުކޮށްފައެވެ.

‎ ސަމިޓް

‎ބާލީ ސަމިޓުގައި އިންޑިއާ އުފެދިގެން އައީ "ލީޑަރ، ހައްލުތައް ގެނެސްދޭ ފަރާތެއްގެ ގޮތުގައި އަދި ކޮންސެންސަސް ބިލްޑަރ" އެއްގެ ގޮތުގަ އެވެ. ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ ހިޔަނި، ސަމިޓާ ދިމާކޮށް ކުރެވުނު މަޝްވަރާތަކުގެ މައްޗަށް ވަނީ އެޅިފައެވެ. ސަމިޓުގެ ކުރިން ބޭއްވި ޖީ-20 ގެ ބައެއް ބައްދަލުވުންތަކުގައި ވެސް މި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން އެކަކު އަނެކަކަށް އެއްބަސްވެވޭނެ ހިސާބަކަށް އާދެވިދާނެ ކަމަކަށް ފެނިފައިނުވެއެވެ. މި މައްސަލާގައި ދެކޮޅު ވެފައިވާ ފަރާތްތަކުގެ ދޭތެރޭ ފާލަމެއްގެ ގޮތުގައި އިންޑިއާއަށް މަސައްކަތް ކުރެވުނެވެ. ޝާންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓްގެ ހަވާސާގައި ސަމަރްކަންޑްގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް މޯދީ ދެއްކެވި ވާހަކަ ތަކުރާރުކުރައްވައި، "މިއީ ހަނގުރާމައިގެ ޒަމާނެއް ނޫން" ކަމަށާއި، ހަމަނުޖެހުންތަކަށް ހައްލެއް ހޯދަން ޖެހޭނީ "މަޝްވަރާއާއި ޑިޕްލޮމެސީގެ ތެރެއިން" ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.ދުނިޔޭގެ އިޤްތިޞާދާއި މާލީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުންތައް ވަރަށް ތަފްޞީލުކޮށް 19 ސޮފްހާގެ ލިޔުމެއް ކަމުގައިވާ ދަ ޑެކްލަރޭޝަންގައިވަނީ ބަޔާންކުރެވިފައެވެ.ހަކަތަ އާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ފުރަތަމަ ސެޝަންގައި މޯދީ ދެއްކެވި ވާހަކަފުޅުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ސިޔާސީ އަދި އިޤްތިސާދީ ގޮންޖެހުންތައް ހައްލުކުރުމުގައި އދ. މަލްޓިލޭޓަރަލް އޯގަނައިޒޭޝަންތައް ފެއިލްވުމުގެ ސަބަބުން ޖީ-20ގެ މުހިންމުކަން އިތުރުވެގެން ދިޔަކަމުގައި ފާހަގަކުރެއްވިއެވެ. މޯދީ ވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ކުރި ފަދައިން އާ ވޯލްޑް އޯޑަރެއް އުފެއްދުމަށް ގައުމުތަކަށް އިލްތިމާސް ކުރައްވާފައެވެ.
ޑިޖިޓަލް ކަނެކްޓިވިޓީ އަކީ ހަޤީގަތުގައި ވެސް އިންކްލޫސިވް ކަނެކްޓިވިޓީއަކަށް ހަދަން ޖެހޭ ކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ އަޅުގަނޑުމެންގެ ޒަމާނުގެ އެންމެ ފާހަގަކޮށްލެވޭ ބަދަލު ކަމަށެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަކީ ފަގީރުކަމާ ދެކޮޅަށް ޒަމާނުއްސުރެ ދުނިޔޭގައި ކުރަމުން އަންނަ މަސައްކަތުގައި ލިބިދޭ ބާރެއްކަމުގައު ވެގެންދާނެ އެވެ. ޑިޖިޓަލް ހައްލުތަކަކީ ވެސް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވެދޭނެ ހައްލުތަކެކެވެ." މޯދީ ވިދާޅުވީ، ޑިޖިޓަލް އާކިޓެކްޗާ "ބައިވެރި" ކުރެވިއްޖެ ނަމަ ޢިޖުތިމާއީ އަދި އިޤްތިސާދީ ބަދަލުތަކެއް ގެނެވޭނެ ކަން ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ތަޖުރިބާއިން އެނގޭ ކަމަށެވެ. އަދި "ޑޭޓާ ފޯ ޑިވެލޮޕްމަންޓް" ގެ އުޞޫލަކީ އިންޑިޔާގެ ރިޔާސަތުގެ މުޅި ޝިއާރު "1 ދުނިޔެ، 1 އާއިލާ، 1 މުސްތަޤްބަލް" ގެ މައިގަނޑު މައުޟޫޢުގެ ތެރޭގައި ހިމެނިގެންދާނެ އުޞޫލެއްކަމުގައި ވިދާޅުވިއެވެ. ދެމެހެއްޓެނިވި ކުރިއެރުމަށް ވަކާލާތު ކުރައްވަމުން މޯދީ ވިދާޅުވީ ލައިފް ނުވަތަ "ލައިފްސްޓައިލް ފޯ އެންވަޔަރަންމަންޓް" ކެމްޕެއިންގެ ސަބަބުން މިކަމުގައި ވަރަށް ބޮޑު ޙިއްސާއެއް ކުރެވިދާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިއަކީ ބޮޑު ހަރަކާތަކަށް ހެދުމަށް ދުނިޔޭގެ މުޖުތަމަޢުއަށް ހިތްވަރު ދެއްވިއެވެ.

އިންޑިޔާގެ ރިޔާސަތު

‎އިންޑިޔާގެ ރިޔާސަތުގެ ދައުރުގައި، މޫސުމާއި ތަރައްޤީގެ އެޖެންޑާ އެއްގޮތްކުރުމާއި، އެސް.ޑީ.ޖީ 2030 ގެ މެންޑޭޓް ޙާޞިލުކުރުމަށް ކުރިއެރުންތައް އަވަސްކުރުމާއި، ތަރައްޤީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ކުދި އަދި މެދުފަންތީގެ ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި ފަައިދާ އިތުރުކުރުމާއި، ދުނިޔޭގެ ހުނަރުގެ ފަރަގުތައް ޙައްލުކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ނޫ އިޤްތިޞާދު ކުރިއެރުވުމާއި، ގޮނޑުދޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިޔުމަށް އިންޑިޔާއިން މަސައްކަތްކުރާނެއެވެ. ޑިޖިޓަލް ހެލްތް ސޮލިއުޝަންސް، ގްރީން ހައިޑްރޮޖަން އަދި ޓެކްނޮލޮޖީގެ އެހީގައި އުނގަންނައިދިނުން ހިމެނެވެ.
‎ޖީ-20ގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމާ އެކު އިންޑިއާ އިން ވަނީ ދަނޑުމައްޗަށް ނުކުމެފަ އެވެ. ރިޔާސަތާއި ހަވާލުވުމުގެ ކުރިން ވެސް އިންޑިއާއިން ވަނީ 26 ނޮވެމްބަރު 2022ގައި އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސްގައި ޖީ-20 ގެ މަންދޫބުންނާއި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް ދައުވަތު ދިނުމުގެ ޙާއްސަ ބްރީފިންއެއް ބާއްވައިފަ އެވެ . ޑިސެމްބަރު 4، 2022 އިން ފެށިގެން އުދޭޕޫރުގައި ބާއްވާ ފުރަތަމަ 4 ދުވަހުގެ ޝެރްޕާ ބައްދަލުވުމުން ފެށިގެން އިންޑިއާއިން މިހާރުވެސް ވަނީ ބެންގަލޫރުގައި ބާއްވާ ފުރަތަމަ ފައިނޭންސް އެންޑް ސެންޓްރަލް ބޭންކް ޑެޕިއުޓީސް މީޓިން އާއި މުމްބާއީގައި ބާއްވާ ޖީ20 ޑިވެލޮޕްމަންޓް ވޯކިން ގްރޫޕްގެ ފުރަތަމަ ބައްދަލުވުމާއި ކަލްކަތާގައި ފުރަތަމަ ގްލޯބަލް ޕާޓްނާޝިޕް ފޯ ފައިނޭންޝަލް އިންކްލޫޝަން ގެ އިތުރުން ވެސް މުހިންމު ބައްދަލުވުންތަކެއް ބާއްވައިފަ އެވެ.
‎އަދި ދުނިޔޭގެ ދެކުނުގެ ހަރުދަނާ އަދި ވަރުގަދަ އަޑެއްގެ ގޮތުގައި ވެސް އިންޑިއާ ވަނީ ޤައިމްވެފައިއެވެ. ކުދި ކުދި ބައެއް ޤައުމުތަކުގެ މެދުގައި ޝަކުވާ ކުރެވެމުން ދަނީ އެ ގައުމުތަކުގެ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ލިބެންޖެހޭ ސަމާލުކަން ނުލިބޭ ކަމެވެ. "ވޮއިސް އޮފް ދަ ގްލޯބަލް ސައުތު ފޮރ ހިއުމަން ސެންޓްރިކް ޑިވެލޮޕްމަންޓް" ވަރޗުއަލް ސަމިޓް 12-13 ޖެނުއަރީ 2023 ގައި އިންޑިޔާއިން ވަނީ ބާއްވައިފިއެވެ. މި ސަމިޓުގެ ޝިއާރަކީ "ޔުނިޓީ އިން ވޮއިސް އަދި ޔުނިޓީއިން ޕަރޕަސް" އެވެ. މި ސަމިޓުގައި ދުނިޔޭގެ ދެކުނުގެ 125 ގައުމެއް އެއްތަނަކުން އެއްތަނަކަށް ގެނެސް، އެ ގައުމުތަކުގެ ވިސްނުމާއި އިސްކަންދޭ ކަންކަން އެއް ޕްލެޓްފޯމެއްގައި ހިއްސާކޮށްފައި ވެއެވެ. މި އަދަދުތަކުން އެނގޭ ފަދައިން މި ސަމިޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ބޮޑު، ހެޔޮ ތަރުހީބެއް ލިބިފައެވެ. މިއީ މޯދީގެ "ސަބްކާ ސާތު، ސަބްކާ ވިކާސް، ސަބްކާ ވިޝްވާސް، ސަބްކާ ޕްރަޔާސް" (އެންމެންގެ އެއްބާރުލުން، އެންމެންނަށް ތަރައްޤީ، އެންމެންގެ މަސައްކަތުން އެންމެންގެ އިތުބާރު) ގެ ތަސައްވުރުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ސަމިޓަކީ ޚިޔާލާއި ޙައްލުތައް ބަދަލުކޮށް، ދުނިޔޭގެ ދެކުނުގެ ކަންބޮޑުވުމާއި އިސްކަންދޭ ކަންކަމާއި، އަޑުގެ މަޤްޞަދާއި މަޤްޞަދުގައި އެއްބައިވަންތަވުމުގެ ޕްލެޓްފޯމެކެވެ.
‎މޯދީގެ ތަޤުރީރުގައި ވިދާޅުވީ ވޮއިސް އޮފް ދަ ގްލޯބަލް ސައުތު އަކީ އިންޑިއާގެ އަޑު ކަމަށާއި ތަރައްްޤީވަމުން އަންނަ ގައުމުތަކުން އިސްކަންދޭނީ އިންޑިއާއިން އިސްކަންދޭނެ ކަމަށެވެ. މޯދީ ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުން އިސްކަންދޭ ތަފާތު ކަންކަމާ ގުޅިގެން "ރެސްޕޮންސް، ރިކޮގްނިޝަން، ރެސްޕެކްޓް އެންޑް ރިފޯމް" ގެ ނަމުގައި 4އާރު ދިނުމަށް ގޮވާލައްވާފައެވެ.
‎ބޮޑުވަޒީރު ވަނީ އިންޑިޔާއިން އަލަށް އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަން ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގުދުރަތީ ކާރިސާތަކުން ނުވަތަ އިންސާނީ ކާރިސާގެ ސަބަބުން ތަރައްގީވަމުން އަންނަ ކޮންމެ ގައުމަކަށް ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށްދިނުމެވެ. އަދި ގްލޯބަލް ސައުތު ސެންޓަރ އޮފް އެކްސެލެންސް ފޮރ ރިސަރޗް އޮން ޑިވެލޮޕްމަންޓް ސޮލިއުޝަންސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަންފީޒުކުރުންވެސް ހިމެނެއެވެ. ސްޕޭސް ޓެކްނޮލޮޖީ އާއި ނިއުކްލިއާ ހަކަތަ ފަދަ ދާއިރާތަކުންތަޖުރިބާ ހިއްސާކުރުމަށް ގްލޯބަލް ސައުތު ސައިންސް އެންޑް ޓެކްނޮލޮޖީ އިނީޝިއޭޓިވް އާއި ގްލޯބަލް ސައުތު ޔަންގް ޑިޕްލޮމެޓްސް ފޯރަމް އަދި ގްލޯބަލް ސައުތު ސްކޮލަރޝިޕްތައް ދިނުންހިމެނެއެވެ.
‎އިންޑިއާއިން ރިޔާސަތާއި ހަވާލުވެވަޑައިގެން މޯދީ ވިދާޅުވީ ޖީ-20 އަށް އިންޑިއާއިން އިސްކަންދޭ ކަންކަން ބައްޓަން ކުރާނީ ހަމައެކަނި ޖީ-20 ޕާޓްނަރުންނާ މަޝްވަރާކޮށްގެން ނޫން ކަމަށާއި، ގްލޯބަލް ސައުތުގައި ތިބި އަޅުގަނޑުމެންގެ އެކުވެރި ދަތުރުވެރިންނާ ވެސް މަޝްވަރާ ކޮށްގެން ކަމަށެވެ. މި ސަމިޓަކީ ޖީ-20 މަރުހަލާގައި ނުހިމެނޭ ގައުމުތަކުގެ ވިސްނުމާއި ކަންބޮޑުވުންތަކާއި އުންމީދުތަކާއި ވިސްނުން ހިއްސާކުރުމަށް ލިބިދޭ ފުރުސަތެކެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ޖީ-20 ސަމިޓަށް އިންޑިއާއިން ވަނީ "ގެސްޓް ކަންޓްރީސް" ގެ ގޮތުގައި ބަންގްލަދޭޝް، މިސްރު، މޮރިޝަސް، ނައިޖީރިއާ، އޮމާން އަދި ޔޫއޭއީ ފަދަ ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކަކަށް ދައުވަތު ދީފައެވެ.

ނިންމުން

‎ޖީ-20 ގެ ރިޔާސަތު ގަބޫލުކުރައްވައި މޯދީ ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު 35 ތީމަކަށް ބަހާލައިގެން 55 ސިޓީއެއްގައި 200 އަށް ވުރެ ގިނަ ޖީ20 ބައްދަލުވުން ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އިންޑިޔާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެޤައުމުގެ ހިތްގައިމު ތަފާތުކަމާއި، އިންކްލޫސިވް އާދަކާދަތަކާއި، ސަޤާފީ މުއްސަނދިކަމުގެ ފުރިހަމަ ތަޖުރިބާ ލިބިގެންދާނެއެވެ. އަދި ޖީ-20ގެ ހުރިހާ މެންބަރުންނަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާޖަމާޢަތްތަކަށް ބޮޑުވަޒީރު ދަޢުވަތު ދެއްވީ، އިންޑިޔާގައި ފާހަގަކުރާ "މަދަރ އޮފް ޑިމޮކްރަސީ" ގައި ބައިވެރިވެވަޑައިގަތުމަށެވެ
‎މި ނާޒުކު ދަނޑިވަޅުގައި ޖީ-20 އާ ހަވާލުވުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެނަސް މިއީ ވެސް ވަރަށް ރަނގަޅު ފުރުސަތެކެވެ. ކޮވިޑް-19 އާއި ރަޝިއާ-ޔޫކްރެއިންގެ ހަމަނުޖެހުންތަކާއި ދުނިޔޭގެ އިގްތިސާދީ ހީނަރުކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުންތަކުން ހަރުދަނާ ގޮތެއްގައި އަރައިގަނެވޭނެ ކަމުގެ އުއްމީދާއިއެކު މުޅި ދުނިޔެ އިންޑިޔާއަށް އޮތީ ބަލަންށެވެ. ބާލީ ޖީ-20 ސަމިޓްގައި ދުނިޔެއަށް ސުލްހައިގެ ވަރުގަދަ މެސެޖެއް ފޯރުކޮށްދިނުމަށް މޯދީ ވިދާޅުވި ފަދައިން، އުތުރު އަދި ދެކުނުގެ ހުރިހާ ގައުމަކާއި، އިރުމަތީ އަދި ހުޅަނގުގެ ހުރިހާ ގައުމަކާ ހަމައަށް ދިއުމަށް އިންޑިއާ އިން އަޒުމް ކަނޑައަޅައިފި އެވެ.
‎އިންޑިއާއިން ބްރެޒިލްއާ ރިޔާސަތު ހަވާލުކުރާނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ. މިއީ ޖީ-20ގެ މިހާރުގެ، ކުރީގެ އަދި މުސްތަގުބަލުގެ ޕްރެސިޑެންސީތައް ހިމެނޭ ޓްރޮއިކާގައި ތަރައްގީވަމުން އަންނަ އަދި ކުރިއަރަމުން އަންނަ ބޮޑެތި ތިން އިޤްތިސާދެއް ހިމެނޭ ފުރަތަމަ ފަހަރެވެ. މިކަމުގެ ސަބަބުން އިންޑޮނޭޝިއާ އާއި ބްރެޒިލްގެ އެހީތެރިކަމާއެކު ދުނިޔޭގެ ސުލްޙައާއި އަމާންކަމާއި ހަމަޖެހުމާއި ފާގަތިކަމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރުމަށް ހާއްސަ ފުރުސަތެއް ލިބިގެންދެއެވެ. އިންޑިއާއިން ޖީ-20ގެ ރިޔާސަތަށް އިންތިޒާރު ކުރަނީ ސާބިތުކަމާއި ޔަގީންކަމާ އެކީގައެވެ.

***
ނޯޓު: ލިޔުންތެރިޔާ އަޝޯކް ސަޖަންހަރު އަކީ ކަޒަކިސްތާނާއި ސްވިޑަން އަދި ލެޓްވިއާއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ކުރީގެ ސަފީރެވެ،