Last Updated: April 19, 17:49
Friday, April 19, 2024
ޚަބަރު

އުރީދޫގެ އެމްބެސެޑަރަކަށް "ޒުވާން ދަނޑުވެރިޔާ"

އުރީދޫގެ އެމްބެސެރަކަށް އައްޑޫގެ "ޒުވާން ދަނޑުވެރިޔާ" ހުސައިން ރަމްޒީ ހަމަޖައްސައި އެ ކުންފުނީގެ މި އަހަރުގެ ކަލަންޑަރު މާ ގަސް ހެއްދުމަށް ހާއްސަކޮށްފި އެވެ.

އުރީދޫގެ "ފެހި ކަލަންޑަރު" ލޯންޗްކުރަން ބޭއްވި ހަފުލާގައި ރަމްޒީ އަށް ވަނީ ރަސްމީކޮށް އެމްބެސެޑަރުކަން ހަވާލުކޮށްފަ އެވެ. އޭނަ އަކީ މިހާރު ވަރަށް ޒަމާނީ އަދި ވަރަށް ފުޅާކޮށް ދަނޑުވެރިކަން ކުރަމުން އަންނަ ނަމޫނާ ދަނޑުވެރިއެކެވެ.

މީދު އަށް ނިސްބަތްވާ ރަމްޒީ އަންނަނީ ދަނޑުވެރިކަން ކުރަމުން އެ ދާއިރާ އިން ތަޖުރިބާތައް ވެސް ކުރަމުން އަދި ދަނޑުވެރިކަމަށް ހޭލުންތެރިކަން އުފެއްދުމަށް ވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އޭނަ އަކީ މި ވަގުތު ދަނޑުވެރިކަމުގެ ދާއިރާ އިން ރާއްޖޭން އެންމެ ފާހަގަކޮށްލެވޭ އެކެކެވެ.

އުރީދޫގެ މި އަހަރުގެ ކަލަންޑަރު "ގްރޯ ވިތު އުރީދޫ" ގެ ޝިއާރުގެ ދަށުން ނެރުނު އިރު، އޭގައި ވަނީ ރާއްޖޭގައި އާންމުކޮށް ހެދޭ މާ ގަސްތަކުން ރީތި އެތައް މާތައް ދައްކުވައިދޭ ފޮޓޯތައް ހިމަނައިފަ އެވެ. މި ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާ އެކީ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް އެ މަހަކަށް ހއްސަކޮށްފައިވާ މަލުގެ އޮގްމެންޓެޑް ރިއަލިޓީ އޭއާރް) ތަޖުރިބާ ވެސް ކުރެވޭ ގޮތަށް ހަދާފައިވެ އެވެެ.

ކަލަންޑަރާ އެކީ ލިބޭ 12 ގަހުގެ އޮށް ހިމަނައިގެން ހަދާފައިވާ ކަރުދާހެއް ވެސް ވަނީ އެ މަހަކަށް ހާއްސަ ކަލަންޑަރުގެ ކޮންމެ ސޮފުހާއެއްގައި ހިމަނާފައިވެ އެވެ. މި ކަރުދާހުގައިވާ އޮށް އިންދާނެ ގޮތުގެ ގްރޯ ގައިޑެއް ވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ކަލަންޑަރު ޕޭޖްގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ގްރޯ ގައިޑް ހުޅުވޭނެ އެވެ.