Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ރިޒް ކާލްޓަންގެ ސާވިސް ޗާޖަށް 70،000ރ.

ރާއްޖޭގައި ހިންގާ މަޝްހޫރު ރިސޯޓްތަކުގެ ތެރެއިން ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސްގެ ކޮންމެ މުވައްޒަފަކަށް މި މަހު ސާވިސް ޗާޖްގެ ގޮތުގައި 4،500 ޑޮލަރު (70،000ރ.) ދޭން ނިންމައިފި އެވެ.

އެ ރިސޯޓަކީ 750 މުވައްޒަފުން މަސައްކަތްކުރާ ތަނެކެވެ. ބޮޑު އަދަދަކުން ކޮންމެ މުވައްޒަފަކަށް މި މަހު ސާވިސް ޗާޖް ދޭން ނިންމި އިރު، އެކަމަށް ރިޒް ކާލްޓަން މޯލްޑިވްސް އިން 3.3 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހޭދަކުރާނެ އެވެ.

ރާއްޖޭގެ ބައެއް ރިސޯޓްތަކުން މި ފަހަކަށް އައިސް މުވައްޒަފުންނަށް ވަރަށް މަތީ އަދަދަކުން ސާވިސް ޗާޖް ދެމުން އަންނަ އިރު، ރިޒް ކާލްޓަން މޯލްޑިވްސް އިން ކޮންމެ މުވައްޒަފަކަށް 70،000ރ. ދިނުމަކީ މިހާތަނަށް ރާއްޖޭގެ ރިސޯޓަކުން ދޭ އެންމެ ބޮޑު ސާވިސް ޗާޖެވެ.

މީގެ ކުރިން ރާއްޖޭގައި އެންމެ ބޮޑު ސާވިސް ޗާޖެއް މިދިޔަ އަހަރުގެ ޖެނުއަރީގައި ކޮންމެ މުވައްޒަފަކަށް 3،600 ޑޮލަރު (56،000ރ.) ދިން ވެލާ ރިސޯޓުންނެވެ. ރިޒް ކާލްޓަނުން މިދިޔަ އަހަރުހެ ޖެނުއަރީގައި މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދިނީ 3،300 ޑޮލަރު (50،000ރ.) އެވެ.

މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ވޮލްޑޯފް އެސްޓޯރިއާ އިތާފުއްޓާއި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ވެސް ފަދަ ސާވިސް ޗާޖުގެ ގޮތުގައި 3،000 ޑޮލަރަށް ވުރެ މަތިން ވަނީ ދީފައިވެ އެވެ.