Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ޖަލުގައި ބަންދުކޮށް ދޭން އެދިއްޖެ

ވައްކަމުގެ މައްސަލައަކާ ގުޅިގެން ބަންދަށް މުއްދަތު ޖަހަން ޖޯޓަށް ގެންދިޔަ މީހަކު ޖަލުގައި ބަންދުކޮށް ދޭން ކްރިމިނަލް ކޯޓްގައި އެދިއްޖެ އެވެ.

ޖުވެނައިލް ކޯޓުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ އެތަނުން ވައްކަން ކުރި މައްސަލާގައި ހައްޔަރުކުރި 31 އަހަރުގެ މީހާ ކުށަށް ކޯޓްގައި އިއުތިރާފުވެ އެދުނީ އޭނަ ޖަލުގައި ބަންދުކޮށް ދިނުމަށެވެ. ކޯޓުން އޭނަގެ ބަންދަށް ޖަހައި ދިނީ 15 ދުވަހެވެ.

އޭނަ ބުނި ގޮތުގައި އޭނަ އަކީ މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހެކެވެ. އަދި ދުވާލަކު އެވްރެޖްކޮށް ފަސް ފަހަރު ޑައިމޯފިން ބޭނުންކުރެ އެވެ. އަދި ކުށްތަކަށް އަރައި ގަނެވެނީ އޭގެ ސަބަބުން ކަމަށާއި ޖަލުގައި ބަންދުކޮށްފި ނަމަ ޖަލުގައި ބަންދުގައި ހުރެ، މަސްތުވާތަކެތި ބޭނުންކުރުމާ ދުރުވެ އިސްލާހުވާން ބޭނުންވާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އޭނާ ބުނެފައިވެ އެވެ.

އޭނަ އަކީ ކުރިން އެކި މައްސަލަތަކުގައި 39 ފަހަރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. އޭގެ ތެރެއިން 19 ފަހަރަކު ބަންދަށް މުއްދަތު ޖަހާފައިވެ އެވެ.