Last Updated: May 13, 11:55
Tuesday, May 13, 2025
ޚަބަރު

ކުޑަހުވަދޫގައި ބަނގުރާތަކެއް ނައްތާލައިފި

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމު ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

މިއަދު ނައްތައިލީ މިދިޔަ އަހަރުގެ އަހަރުގެ ޖެނިއަރީ 4 އިން މި މަހުގެ 4 ދާލު އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓުން އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަނގުރަލެވެ. އޭގެ ތެރޭގައި ހިމެނެނީ 265 ފުޅި ބަނގުރަލާއި 899 ދަޅު ބަނގުރަލެވެ.

މި ތަކެތި ނައްތައިލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.