Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

މަހުން ނަގާ ޑިއުޓީ ވަރަށް އަވަހަށް ކަނޑާލާނެ

ރާއްޖޭން ޔޫރަޕާއި އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުން މިހާރު ނަގަމުން ޑިއުޓީ ވަރަށް އަވަހަށް ކަނޑައިލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ ޕްރައިމަރީ އަށް އެ މަނިކުފާންގެ ކެމްޕޭން ނިންމައިލަން ރޭ އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހި މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖޭން ޔޫރަޕާއި އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހަށް ހެޔޮ އަގު ނުލިބުން ކަމަށެވެ. އެހެންވެ އެކަމަޑް ހައްލެއް ހޯދެން އޮތީ އެ ސަރަހައްދަށް އެކްސްޕޯޓްކުރާ މަހަށް ހެޔޮއަގު ލިބިގެން ލިބިގެން ކަމަށާއި މަހަށް ނަގާ ޑިއުޓީ ވަރަށް ކަނޑާލެވޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ރާއްޖޭން މަސް އެކްސްޕޯޓްކުރާ ދެ މާކެޓަކީ ޔޫރަޕާއި އިނގިރޭސިވިލާތް. ސައުވީސް ޕަސެންޓްގެ ޑިއުޓީއެއް މި ދެ ތަނުންވެސް ރާއްޖޭގެ މަހަށް އެބަ ނަގާ،" ރައީސް ވިދާޅުވި އެވެ. "އެހެންކަމުން އަޅުގަނޑުމެންނާ ވާދަވެރި އިންޑިއާ ކަނޑުގެ ޤައުމުތަކުން ޓެކްސް ނުނަގާތީ އެ މީހުންނަށް މަސްވިއްކަން އިތުރު ފަސޭހައެއް ވެގެންދޭ. ނަމަވެސް އަޅުގަނޑަށް މިހާރު ޔަގީންކަމާ އެކީގައި ދަންނަވަން ކެރޭ ވަރަށް އަވަހަށް ޓެކްސް ކަނޑާލިކަމުގެ އިޢުލާން ތިބޭފުޅުންނަށް ލިބިގެންދާނެކަން."

ރައީސް ވިދާޅުވ، މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ވޭތުވެދިޔަ ސަރުކާރުތަކުން މަސައްކަތް ނުކުރި ނަމަވެސް މި ސަރުކާރުން އެކަމަށް ވަރަށް މިސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން، މަސްވެރިން ބާނާ މަސް ގަނެ، ފިނިކޮށް، ރައްކާކުރުވެނޭ ގޮތަށް ކެޕޭސިޓީ ހަތަރު ގުނަ ބޮޑުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެއެވެ.