Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

80 އަހަރު؛ އަދިވެސް ފުޓްބޯޅައިގައި

ޕްރޮފެޝަނަލް ލެވެލްގައި ފުޓްބޯޅަ ކުޅެމުން އަންނަ އެންމެ ދުވަސްވީ މީހާގެ ރެކޯޑް އޮސްޓްރޭލިއާގެ މީހަކަށް ލިބިއްޖެ އެވެ.

އެއީ މިހާރު އުމުރުން 80 އަހަރުގެ ޑޭވިޑް މަޖް އެވެ. އުމުރުން އެންމެ 14 އަހަރުގައި ފުޓްބޯޅަ ކުޅެން ފެށި ގޮތަށް "މިކޮޅަށް ވުރެ އެކޮޅު ކައިރި" ވި އިރު ވެސް އޭނަ ހުރީ ގޮތެއް ނުވެ ފުޓްބޯޅައިގަ އެވެ. ޑޭވިޑް 1974 އިން ފެށިގެން ކުޅެމުން އަންނަނީ ނަދަން ސަބާބްސް ފުޓްބޯލް އެސޯއޭޝަންގެ މުބާރާތްތަކުގައި ވާދަކުރާ ކިސިން ޕޮއިންޓް ފުޓްބޯޅަ ކުލަބަށެވެ.

ޑޭވިޑަށް އޮތް އުފަލަކީ އޭނަގެ އޭނަގެ ކާފައުމުރުގެ ކުޅުންތެރިންނާ އެކީ ކުޅެން ޖެހުނަސް އަވަދު ވެސް ފުލް ޓީމްގައި އޭނަ ހިމެނުނެވެ. އުމުރުން ކިތަންމެ ދުވަހެއް ވިޔަސް ޑޭވިޑް ހުރީ ވަރަށް ދުޅަހެޔޮކޮށް، ފިޓްކޮށެވެ. ދަނޑުމަތީގައި އޭނަ ދައްކައިލާ ހުނަރުން އެއީ އެހާ ދުވަސްވީ މީހެއް ކަމަށް ގަބޫލުކުރަން ވެސް ދަތިވާނެ އެވެ.

ގިނިސް ވޯލްޑް ރެކޯޑުން މިހާރު ވަނީ ޕްރޮފެޝަލްކޮށް ފުޓްބޯޅަ ކުޅޭ އެންމެ ދުވަސްވީ މީހާގެ ރެކޯޑް ޑޭވިޑަށް ކަށަވަރުކޮށް ދީފަ އެވެ. މިކަމާ ގުޅިގެން އޭނަ ހުރިހާ ޝުކުރެއް އަދާކުރީ ކުޅެމުން އަންނަ ޓީމަށެވެ.

"މިއީ ޓީމާ ހެދި ލިބުނު ޝަރަފެއް،" ޑޭވިޑް ބުންޏެވެ. "އަހަރެންގެ އެންމެ ބޮޑު ހިތްވަރަކީ ވެސް ޓީމް."

ޑޭވިޑަށް ރެކޯޑް ހޯދައިދޭން ކުރި މަސައްކަތުގައި އިސްކޮށް ހުރީ އޭނަގެ ދަރިއެކެވެ. ކުރިން އެންމެ ދުވަސްވީ ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ ރެކޯޑް އޮތީ 73 އަހަރުގެ މީހަކަށެވެ. އެކަން ޑޭވިޑްގެ ދަރިއަކަށް އެނގުމުން ބައްޕަ އަށް ރެކޯޑް ހޯދައިދޭން ގިނިސް ވޯލްޑަށް އެޕްލައިކުރީ ކުރީ އެވެ.

ނަތީޖާ އަކީ ރެކޯޑް ލިބުމެވެ. އެކަމާ ޑޭވިޑްގެ އާއިލާ އޮތީ އުފަލުންނެވެ.