Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ގޯތި ދޭން ހިތަދޫގެ ޗަސްބިންތަކެއް ހިއްކަނީ

އައްޑޫ ހިތަދޫން ގޯތި ދޫކުރަން ނިންމާފައިވާތީ އެ އަވަށުގެ ޗަސްބިންތަކެއް ހިއްކުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

ހިތަދޫން 500 ގޯތި ދޫކުރަން މިދިޔަ ހަފުތާގެ ފަހުކޮޅު އެ އިއުލާންކޮށްފައިވެ އެވެ. ބިންތަކަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 23 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ދޫކުރަން ނިންމާފައި ވަނީ 1،500 އަކަފޫޓްގެ ގޯއްޗެކެވެ. އެގޮތުން 500 ގޯތީގެ ތެރެއިން ހިތަދޫ ރައްޔިތުންނަށް 450 ގޯތި ހާއްސަކޮށްފައިވާ އިރު، 50 ގޯތި ހާއްސަކޮށްފައި ވަނީ ހިތަދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.

ހިތަދޫން ޗަސްބިންތަކެއް ހިއްކަން ފެށި އިރު މިދިޔަ އަހަރުގެ ތެރޭގައި ފޭދޫގެ ޗަސްބިންތަކެއް ވެސް ކައުންސިލުން ހިއްކާފައިވެ އެވެ. އެގޮތުން ދެ އަވަށުން 24 ހެކްޓަރުގެ ޗަސްބިން ހިއްކާ އިރު، އެކަމަށް 8 މިލިއަން ރުފިޔާ ހޭދަވާ ކަމަށް ކައުންސިލުން ބުންޏެވެ.