Last Updated: April 19, 10:45
Friday, April 19, 2024
ޚަބަރު

ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކޮށް ނިމިއްޖެ

މ.ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.

ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 22.9 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން، 5,575 ކިއުބިކް މީޓަރުގެ މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، 4,108 ކިއުބިކް މީޓަރުގެސެންޓްރަލް ވޭސްޓް ސަރަހައްދު ފުންކުރުމާއި، 518 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 202 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ވަނީ ކުރެވިފަ އެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން ކޮޅުފުށީގެ ގިރަމުންދާ 4 ސަރަހައްދެއް ރަށް ގިރުމުން ހިމާޔަތްކުރެވިފައިވާ ކަމަށް އެމްޓީސީސީން ހާމަކުރެ އެވެ.